އަމާނާ ތަކާފުލް އިން ކޭޝްލެސް ހިދުމަތް އަލުން ދޭން ފަށައިފި

އަމާނާ ތަކާފުލް: އެ ކުންފުނިން ވަނީ އަލުން ކޭޝްލެސްގެ ހިދުމަތް ދޭން ފަށާފައި -- ފޮޓޯ: އަދަދު ފައިލް

އަމާނާ ތަކާފުލް: އެ ކުންފުނިން ވަނީ އަލުން ކޭޝްލެސްގެ ހިދުމަތް ދޭން ފަށާފައި -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އަމާނާ ތަކާފުލްއިން ވަގުތީ ގޮތުން ސިއްހީ ދާއިރާއަށް މެދު ކަނޑާލި ކޭޝްލެސް ހިދުމަތް އަލުން ދޭން ފަށައިފި އެވެ.

އަމާނާ ތަކާފުލްއިން ބުނީ އެ ކުންފުނީގެ ޕޯޓަލްއިން ސިއްހީ ހިދުމަތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ކޭޝްލެސް ހިދުމަތް މިހާރު ލިބެމުންދާނެ ކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމަށް ވެސް އަމާނާ ތަކާފުލްއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ medical@takaful.mv އަށް މެއިލް ކުރުމަށް ނުވަތަ 9540045 އަށް ވައިބާއިން މެސެޖު ކުރުމަށް ވަނީ އެދިފަ އެވެ.

ކޭޝްލެސް ހިދުމަތަކީ ހިދުމަތް ހޯދާ ފަރާތްތަކުން ޑޮކްޓަރަށް ދައްކާއިރު އަމިއްލަ ޖީބުން ފައިސާ ދައްކަން ނުޖެހި އިންޝުއަރެންސުން އެބައި ހަމަޖެހުމެވެ. ކޭޝްލެސް ހިދުމަތް ނުލިބޭ ނަމަ ޖެހޭނީ ފުރަތަމަ އަމިއްލައަށް ފައިސާ ދެއްކުމަށްފަހު ފަހުން އެ ފައިސާ ކްލެއިމް ކުރާށެވެ.

ކޭޝްލެސް ހިދުމަތް އަމާނާ ތަކާފުލްއިން މެދުކަނޑައިލީ އަމިއްލަ އިިންޝުއަރެންސް ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތަށް ސަރުކާރުން އުސޫލު ބަދަލު ކުރުމުންނެވެ.

އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކުގެ އެ އިންޝުއަރެންސް ހުސް ނުވަނީސް އާސަންދަ ނުލިބޭ ގޮތަށް އުސޫލު ބަދަލު ކުރީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

އެ ބަދަލާ ގުޅިގެން ބައެއް ޕްރައިވެޓް އިންޝުއަރެންސްގެ ހިދުމަތްދޭ ތަންތަނުން ކޭޝްލެސްގެ ހިދުމަތް މެދުކަނޑާލި އެވެ. ނަމަވެސް ގިނަ ތަންތަނުން މިހާރު އަލުން ވަނީ އެ ހިދުމަތް ދޭން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox