އެމްބާޕޭގެ ފަރުވާކުޑަކަމުން އޮންރީ ހިތްހަމަނުޖެހިފައި

Nov 7, 2024, 1:46 AM
އެމްބާޕޭގެ ފަރުވާކުޑަކަމުން އޮންރީ ހިތްހަމަނުޖެހިފައި

ލަންޑަން (ނޮވެމްބަރު 7) - ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު ގިނަ މެޗުތަކުގައި ކީލިއަން އެމްބާޕޭގެ ފަރާތުން މަސައްކަތުގެ ރޭޓް ދަށްކޮށް ފެންނައިރު، ބައެއް ވަގުތުތަކުގައި ފަރުވާކުޑަކޮށް ކަންކަން ކުރާތީ، ފްރާންސްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

ހިލޭ ޓްރާންސްފާއެއްގައި، ބޮޑު މުސާރައެއް ލިބޭގޮތަށް ޕީއެސްޖީ ދޫކޮށް ރެއާލާ ގުޅުނު އެމްބާޕޭގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެންނަ ކަމަށް ބުނެ މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. އަދި ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ރެއާލްގެ ނަތީޖާ ނެރުުމުގެ މައްސަލަ ގުޅިފައި އޮންނަނީ، މެޗުގެ މުހިންމު ވަގުތުތަކުގައި އެމްބާޕޭ އަށް ބަރޯސާވެފައި އޮތުމާއި އޭނާގެ ފަރާތުން އެ ފެންވަރުގެ ކުޅުމެއް ނުފެންނާތީ އެވެ.

"ޔަގީންކަމެއް، އެމްބާޕޭގެ މަސައްކަތުގެ ރޭޓު އެހެރީ ރަނގަޅު ވަރެއްގައެއް ނޫން. އަހަރެން ވެސް އެކަން ގަބޫލުކުރަން. ބައެއް ވަގުތުތަކުގައި ފަރުވާކުޑަވުމުގެ ކަންކަން ވެސް އޭނަ ފަރާތުން އެބަ ފެނޭ. އެކަމަކު، އަހަރެން ގަބޫލުުކުރަނީ، އެމްބާޕޭ އަދި ރަނގަޅުކުރާނެ ކަމަށް. މިއީ، އޭނާ ވަރަށް ބޭނުންވެގެން ނިންމި ޓްރާންސްފާއެއް، އެހެންވީމަ، ރެއާލްގައި ކާމިޔާބުވާން އޭނަ ކަންކަން ރަނގަޅުކުރާނެ. ނޫންނަމަ، ރެއާލަަކީ މާ ފުރުސަތު ލިބޭނެ ތަނެއް ނޫން،" އޮންރީ ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ރެއާލް ވަނީ ބަލިވެފަ އެވެ. އަދި ސްޕެނިޝް ލީގުގެ ރޭހުގައި ވެސް އެންމެ ބޮޑު ވެއްޓުމަކީ، އަމިއްލަ ދަނޑުގައި ވާދަވެރި ބާސެލޯނާ އަތުން ތަފާތު ބޮޑުކޮށް ބަލިވުމެވެ. އޮންރީ ބުނީ، މީގެއިން ކޮންމެ މެޗެއްގައި ވެސް އެމްބާޕޭ އަށް ގޯލެއް ޖަހާލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުނު ކަމަށެވެ.

ރެއާލަށް ކުޅެދިން 15 މެޗުން އެމްބާޕޭ ވަނީ އަށް ގޯލު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox