ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭން އެކުލަވާލުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: 20 އަހަރުގެ ޕްލޭން އެކުލަވާލުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރަން ވަނީ ނިންމާފައި ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: 20 އަހަރުގެ ޕްލޭން އެކުލަވާލުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރަން ވަނީ ނިންމާފައި ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭން އެކުލަވާލުމުގައި ސިޔާސީ ޕާޓީތައް ބައިވެރި ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ޕްލޭން އެކުލަވާލުމަކީ ހުރިހާ ބައެއް ބައިވެރިވާން ޖެހޭ ކަމެއް ކަމަށާއި އެކަމުގައި ސިޔާސީ ޕާޓީތަކުން ވެސް ގޮތް ކިޔަން ޖެހޭ ކަމަށެވެ.

"ސިޔާސީ ޕާޓީތައް ވެސް ބައިވެރިވާން ޖެހޭ. މިދެންނެވީ ނޫންތޯ މިއީ ހުރިހާ އެންމެންގެ ކަމެކޭ. ސިޔާސީ ޕާޓީތައް ވެސް މިއަށް ގޮތް ކިޔަންވާނެ. މިހާރު އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބައިވެރިވެގެން ނިންމަން ކުރިއަށް އޮތް 20 އަހަރު ރާއްޖެ ތަރައްގީވެގެންދާނެ ގޮތް،" ރައީސް ވިދާޅުވި އެވެ.

ކޮންމެ ވެރިކަމަކަށް ފަހު ސިޔާސަތުތައް ވަރަށް ބޮޑަށް ބަދަލުވެގެންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެ، ގައުމު ބޭނުންވާ ސްޕީޑުގައި ތަރައްގީވެގެން ވެސް ނުދާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ވާހަކައަށްވުރެ ހުރިހާ ސިޔާސީ ޕާޓީތައް އެއް ޕްލެޓްފޯމަކަށް ގެނެސް ވާހަކަ ދެއްކުމަށް ދައުވަތު ވެސް ދެއްވާނެ ކަމަށެވެ.

އެއް އަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ 20 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލަނީ ޔޫއެންޑީޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގަ އެވެ.

އެ ޕްލޭނަށް ސިޔާސީ ޕާޓީގެ އިތުރުން ކަމާ ބެހޭ ހުރިހާ ރައްޔިތުންގެ ބައިވެރި ކުރުމަށް އެކި ދާއިރާތަކާއި ޖަމިއްޔާ އާއި ޖަމާއަތްތަކުގެ އިތުރުން ކަމާ ބެހޭ ހުރިހާ ފަރާތްތައް ބައިވެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox