ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އެއް ވަނަ، ސިޓީ އާއި ރެއާލް ބަލިވެއްޖެ

Nov 5, 2024, 10:59 PM
ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އެއް ވަނަ، ސިޓީ އާއި ރެއާލް ބަލިވެއްޖެ

ލިވަޕޫލް (ނޮވެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާ ލެވަކޫސަން އަތުން 4-0 އިން މޮޅުވެ، ލިވަޕޫލުން ލީގު ބުުރުގެ އެއް ވަނަ އަށް ޖެހިލިއިރު، މުބާރާތުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވީ އޭސީ މިލާން އަތުން 3-1 އިންނެވެ. އަދި ރަށުންބޭރުގައި ސްޕޯޓިން ލިޒްބަން އަތުން މެންޗެސްޓާ ސިޓީ ބަލިވީ 4-1 އިންނެވެ.

ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު، ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަން ކޮޅަށް ލިވަޕޫލުން ހަތަރު ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ތިން ގޯލު ޖަހައި، ލުއިޒް ޑިއާޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިއީ، ލިވަޕޫލަށް ޑިއާޒް ޖެހި ފުރަތަމަ ހެޓްރިކް އެވެ.

ލިވަޕޫލްގެ އަނެއް ގޯލު ޖެހީ ފަހަކަށް އައިސް ލަނޑު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި ކޯޑީ ގަކްޕޯ އެވެ.

ލެވަކޫސަނުން ރަނގަޅު ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓި ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ ރަނގަޅު ބޯޅަތަކެއް ދިފާއުކޮށްފަ އެވެ. ލިވަޕޫލް އެއް ގޯލުގެ ލީޑެއްގައި އޮއްވައި، ލެވަކޫސަންގެ ފޯވާޑް، ވިކްޓަ ބޮނިފޭސް އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވުނެވެ.

ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ އެއް ވަނަ އަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ.

ރެއާލްގެ އެމްބާޕޭ އަތުން ބޯޅަ ހޯދަން މިލާންގެ މޮރާޓާ މަސައްކަތްކުރަނީ.

އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް ހަތަރު މެޗުގެ ތެރެއިން ދެ ވަނަ މެޗުން މި ވަނީ ބަލިވެފަ އެވެ. މެޗުގެ 12 ވަަނަ މިނިޓްގައި މިލާންގެ މަލިކް ތިއޯ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ޕެނަލްޓީއެއް ކާމިޔާބުކޮށް، ވިނީޝިއުސް ޖޫނިއާ ރެއާލަށް އެއްވަރުކޮށްދިނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރަފައެލް ލެއާއޯ ދިން ބޯޅައަކުން، އަލްވާރޯ މޮރާޓާ ވަނީ ލަނޑެއް ޖަހައި، އަލުން މިލާނަށް ކުރިހޯދައިދީފަ އެވެ. ދެ ވަނަ ހާފުގައި މިލާން މޮޅުވި ގޯލު ޖެހީ ޓިޖާނީ ރައިންޑާސް އެވެ.

ހަތަރު މެޗު ކުޅެގެން ދެ މެޗުން މޮޅުވި، މިލާން ހަ ޕޮއިންޓާ އެކު، 18 ވަނައިގައި އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން، ރެއާލް އޮތީ 17 ވަނައިގަ އެވެ.

ސްޕޯޓިން ދަނޑުގައި ސިޓީން ވަނީ ފިލް ފޯޑެން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ސްޕޯޓިން އިން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން، ތިން ގޯލު ޖަހައި، ސްޕޯޓިންގެ ނުރައްކާތެރި ފޯވާޑް، ވިކްޓަ ގްޔޯކޭސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ސްޕޯޓިންގެ އަނެއް ލަނޑު ޖެހީ، މެކްސިމިލިއާނޯ އަރައުހޯ އެެވެ.

ސްޕޯޓިންގެ ފޯވާޑް ގިޔޯކެސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިއީ، ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް، ސިޓީގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން، ޗެމްޕިއަންސް ލީގުގައި ސްޕޯޓިން އަށް އިރުޝާދުދިން ފަހު މެޗެވެ. ސިޓީ މި ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ. މީގެ ކުރިން ވަނީ، ލީގު ކަޕްގައި ޓޮޓެންހަމް އަތުންނާއި ލީގުގައި ބޯންމައުތު އަތުން ބަލިވެފަ އެވެ.

ސިޓީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު، ހަ ވަަނައިގަ އެވެ. ސްޕޯޓިން އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން، ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް ތިން ވަނައިގައި އޮތް މޮނާކޯ އަށް ވެސް ވަނީ ޕޮއިންޓް ލިބިފަ އެވެ.

ސްޓާމް ގްރާޒް އަތުން 1-0 އިން މޮޅުވި، ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު، ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

ފްރާންސްގެ ލިލް އާއި ޔުވެންޓަސް ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ޔުވެންޓަސް، 10 ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox