އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަކިކޮށް، އެ މަގާމަށް ފޮރިން މިނިސްޓަރު އައްޔަނުކޮށްފި

އިޒްރޭލުގެ ޑިފެންސް މިނިސްޓަރުކަމުން ވަކިކުރި ގަލަންޓް (ވ) -- ފޮޓޯ: އޭޕީ

އިޒްރޭލުގެ ޑިފެންސް މިނިސްޓަރުކަމުން ވަކިކުރި ގަލަންޓް (ވ) -- ފޮޓޯ: އޭޕީ

އިޒްރޭލުގެ ޑިފެންސް މިނިސްޓަރުގެ ޔޯވް ގަލަންޓް މަގާމުން ވަކިކޮށް، އެ މަގާމަށް ފޮރިން މިނިސްޓަރު އިޒްރާއީލް ކަޓްޒް ހަމަޖައްސައިފި އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމުން ގަލަންޓް ވަކި ކުރުމަށްފަހު ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަަރާއި ދެމެދު އިތުބާރު އޮންނަން ޖެހޭ ކަމަށާއި ދެބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށް ނުދެވުނީ ކަމަށެވެ.

"ޑިފެންސް މިނިސްޓަރަށް އޮތް އިތުބާރުގެ މައްސަލައާ ގުޅިގެން ހަނގުރާމައިގައި ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރެވުނު. އެއާއެކު އޭނާ މަގާމުން ވަނީ ވަކިކޮށްފައި،" ނަތަންޔާހޫ ވިދާޅުވި އެވެ.

Advertisement

ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރި ކަޓްޒްއާ އެކު ކެބިނެޓަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށާއި އެ ނިންމުމަކީ މިވަގުތު އެންމެ ރަނގަޅު ނިންމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަލަންޓް މަގާމުން ވަކި ކުރަން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އިޒްރޭލުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ނަތަންޔާހޫ އާއި ގަލަންޓްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް މީގެ ކުރިން ވެސް މީޑިއާތަކުން ދިޔައީ ރިޕޯޓް ކުރަމުންނެވެ.

ނަތަންޔާހޫ މިދިޔަ މަހު އެމެރިކާއަށް ވަޑައިގަތީ، ފުރަތަމަ ގަލަންޓް ވަޑައިގަންނަވަން ހަމަޖެހިފައި އޮއްވާ އެކަމަށް ފުރުސަތު ނުދީ ކަމަށް ވެސް ރިޕޯޓްތައް ދިޔައީ ބުނަމުންނެވެ. އަދި ފަހުން ވެސް ގަލަންޓް އެމެރިކާއަށް ދިޔުމަށް ހުއްދަ ދީފައި ނުވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި އަދި ލުބްނާނުގައި ހިންގަމުންދާ ގަތުލްއާންމުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށް ގިނަ ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް، މިހާތަނަށް ވެސް ހަނގުރާ ހުއްޓާލުމަށް އެއްވެސް އެއްބަސްވުމެއް އިޒްރޭލުން ގަބޫލުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox