ސަރުކާރުގެ ސިޔާސަތުތައް ރަތްމަސް ކޮއިގެ ގަނޑުފަންޖެހުމަށް!

ސަރުކާރުގެ ސިޔާސަތުތައް ރަތްމަސް ކޮއިގެ ގަނޑުފަންޖެހުމަށް!

މި ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާއަކީ ފެންނަ ފެނުމަށް މާތް ބޭފުޅެކެވެ. މޫނުފުޅުމަތީގައި ހުރި އަލިކަމާއި، ނިތްކުރީގައި ލާފައި ހުންނަ ކުރައަކީ ވެސް އެމަނިކުފާނުގެ ތަގުވާވެރިކަމާއި އަޅުވެރިކަން ދަލާލަތުކޮށްދޭ އަލިގަދަ ހެކިތައް ކަމުގައި ދެކެމެވެ. މަޝްވަރާ ގަބޫލުކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ ލޮބުވެތި ސިފަ އެވެ. އެހެންނަމަވެސް މަޝްވަރާތައް ތަންފީޒުކުރުމުގައި އުޅޭ މައްސަލައަކީ ހަމަ ރަތްމަސް ކޮޔަށްވެސް ދިމާވި މައްސަލަ ކަމަށްވެދާނެ އެވެ. ރަތްމަސް ކޮއިގެ ވާހަކައަށް ދާނީ ރައީސުލްޖުމްހޫރިއްޔާ ހިކުމަތްތެރި ބައެއް އަމަލުތަކުގެ މިސާލަށް ނަޒަރު ހިންގާލާފަ އެވެ.

ވެރިކަން ފެށުނުތާ ކުރީކޮޅު ރައީސްގެ މުސްތަޝާރަކު އެމަނިކުފާނަށް ލަފާ އެރުވި އެވެ. ރައީސް އެވެ. އަޅުގަނޑުމެން ކޮންމެހެން އިންޑިއާއަށް ބަރޯސާވެގެން އުޅޭކަށެއް ނުޖެހެ އެވެ. އުމްރާނީ ތަރައްގީގެ ހުރިހާ ކަމެއް ޗައިނާއިން ހަމަޖެހޭނެ އެވެ. ބޭސްފަރުވާގެ ކަންކަން ދުބާއީ އަދި ތައިލޭންޑުންނެވެ. ކާޑުގެ ބާވަތްތައް ތުރުކީން ގެންނާނީ އެވެ. ތަރުކާރީގެ ހުރިހާ ބާވަތެއް ޕާކިސްތާނުން ލިބޭނެ އެވެ. އަޅުގަނޑުމެންގެ ހިތްޕުޅުހެޔޮ ރައީސް އެ މަޝްވަރާ ގަބޫލުކުރައްވައި، ޗައިނާއިން ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އިންޑިއާއަށް ވަށިވަށިން ދެއްވި އެވެ. ވިދާޅުވި އެއްޗެއް އެވެރިންނަށް އަމާޒުކުރީ ނިކަން ކެރިވަޑައިގެންކަން ދެއްކެވުމަށް އިނގިރޭސި ބަހުންވެސް ތަންކޮޅެއް ދުއްވާލި އެވެ. ރައީސް ހުންނެވީ އިންޑިއާ ނޫން ގޮތެއް ހޯއްދަވައިގެންނެވެ.

ނަސީބުފުޅު ހުރިގޮތުން އުއްމީދުކުރެއްވި އެއްވެސް ކަމެއް ހިނގާ ގޮތެއް ނުވި އެވެ. އެންމެ ފަހުން އެހެން މުސްތަޝާރަކު ލަފާ ދެއްވި އެވެ. ރައީސެވެ. އިންޑިއާއާއެކު އުޅުން ނޫން ގޮތެއް ހޯދަންޖެހޭ ސަބަބެއްވެސް ނެތެވެ. އަލުން ގުޅުން ބަދަހިކުރެއްވުން މާ ރަނގަޅުވާނެ އެވެ. ރައީސް އެ ހުންނެވީ އެ މަޝްވަރާވެސް ގަބޫލުކުރައްވައިގެންނެވެ. މިހާރު އަމަލުކުރައްވަނީ ފަހުން ލިބިވަޑައިގެންނެވި މަޝްވަރާއަށެވެ. ލަފާ އަޑުއައްސަވާ ރައީސެކެވެ.

ރައީސްގެ މުސްތަޝާރުން ކުރެ ބޭފުޅަކު ލަފާ ދެއްވައިފި އެވެ. ރައީސެވެ. މި އިސްރޭލު ޕާސްޕޯޓު މަނާކުރަންވީ އެވެ. މިވެރިން ނުގެންނަން ނިންމުމަކީ ދިވެހިންގެ ތާއީދު ލިބޭނޭ ކަމެކެވެ. އަބަދުވެސް މަޝްވަރާ ގަބޫލުކުރައްވާ ރައީސް ކެބިނެޓު ބައްދަލުވުމެއް ބާއްވައި އެކަން އެގޮތަށް ކުރެއްވުމަށް ނިންމަވައި އެކަން ދުނިޔެއަށްވެސް އިއުލާނުކުރެއްވީ އެވެ. ދުނިޔޭގެ އެކި ގައުމުތަކުން އެ ހިތްވަރު ގަދަ ނިންމުމަށް ތައުރީފު އޮއްސަމުން ދަނިކޮށް އެހެން ބޭފުޅަކު ލަފާ ދެއްވައިފި އެވެ. ރައީސެވެ. ތިޔަ ކުރެއްވީކީ އަޅުގަނޑުމެންނާ އަރާއަރަފޯދިގެން ވާ ކަމެއް ނޫނެވެ. ވިލާތުން އަންނާނޭ ރޯޅިތަކަށް ބަލަން ޖެހެ އެވެ. ރައީސް ބެއްލެވިއިރު އެކަން އޮތީ އެހެނެވެ. އެ ރޯޅިތަކުން ނިވަލެއް ހޯދޭހާ ވަރެއް މި ދައުލަތަކު ހުރިކަމަކަށް ނުވި އެވެ. އެހެންވެ، އިސްރޭލު ޕާސްޕޯޓު މަނާކުރުމުގެ ވާހަކައަކީ ނުވެސް ދައްކަވާ ވާހަކަފުޅަކަށް ހައްދަވާފައި އަނދިރި ކަނަކަށް ޖައްސަވާފައި އެއޮތީ ރައީސްގެ ހިކުމަތްފުޅުންނެވެ.

ލޭނުގެ މަސްވެރިކަން ހުއްދަވުމަކީ ދިވެހިންގެ ތެރެއިން ބަޔަކު އެދޭ ކަމެކެވެ. ރައީސްގެ މުސްތަޝާރަކު ނާނެއިފުޅުފިއްލަވަން ހުންނަވަނިކޮށް މޮޅު ހިޔާލެއް ލިބިވަޑައިގަތެވެ. އެ ހުންނެވި ހާލުގައި ހުންނަވައި ރައީސަށް މެސެޖަކުން އެކަން އެންގެވުމުން، އަޅުގަނޑުމެންގެ މައުސޫމު ރައީސް އެ މަޝްވަރާވެސް ގަބޫލުފުޅު ކުރެއްވި އެވެ. މަސްވެރިކަމާބެހޭ ވަޒީރަށް އަންގަވައިގެން އެކަން އިއުލާނުކުރުވައި، އެކަމާ ގުޅޭ ގަވާއިދުތައްވެސް ހެއްދުވީ އެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެކަމާ ދެކޮޅަށް ވަކާލާތު ކުރަން ފެށީ އެވެ. ބައެއް ގައުމުތަކުން ވެސް ނުރުހުމުގެ ބަސްތައް ބުނެއްޕެވެ. އެ ހިތްހަމަނުޖެހުންތަކުގައި މާ ބޮޑުވަރު ނުވަނީސް ރައީސްގެ އެހެން މުސްތަޝާރަކު ރައީސަށް އެރުއްވި ލަފަޔާ އެއްގޮތަށް ރައީސް ނިންމެވީ އެކަން ވަގުތުން ހުއްޓަވާލެއްވުމަށެވެ. އެކަން ހުއްޓާލައިފިކަން ފިޝަރީޒް މިނިސްޓަރަށް އެނގިވަޑައިގަތީވެސް ސޯޝަލް މީޑިއާއިން އެ ހަބަރު ފެނިވަޑައިގަތީމަ އެވެ. ރައީސްގެ މައްސަލައެއް ނެތެވެ. ދެފަހަރުވެސް އަމަލުކުރެއްވީ މަޝްވަރާއަށެވެ.

މި ލިސްޓު ދިގު ކުރެވިދާނެ އެވެ. ރަސްމާލެއަށް ދާ ބުރިޖާ ދިމާލުން ފެނުއަޑީގައި އެއޮތް ޓަނަލްއަކީވެސް މި ބާބުގައި ހިމަނައިލެވިދާނޭ ވާހަކައެކެވެ. ވޭޕު މަނާކުރުންވެސް ވަންނަނީ މި ބާބަށެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. އެކަމަކު ދެން ރަތްމަސްކޮއިގެ ވާހަކަ ދައްކަމާ ހިނގާށެވެ.

ފުރަތަމަ ގަނޑުފަންޖެހުމުގެ ވާހަކަ އެވެ. ގަނޑުފަންޖެހުމަކީ ފަންފުރާޅުން ގޭތެރެއަށް ވާރޭ ވެހޭ ތަންތަން ރަނގަޅުކުރުމަށް އިތުރު ފަންގަނޑެއް ލުމެވެ. މި މިސާލުބަސް ނިސްބަތްކުރެވޭ ރަތްމަސްކޮޔަކީ ދިވެހިންގެ ދިރިއުޅުމުގައި ކޮށްއުޅޭ ގެވެހި އެއްވެސް މަސައްކަތެއް ކުރާން ދަންނަ މީހެއް ނޫނެވެ. އެއްދުވަހަކު އޭނާ އަންހެނުން ޝަކުވާ ކޮށްފި އެވެ. ކޮޔާ އެވެ. މިގޭ ފުރާޅުން ވާރޭ ހިޔާނުވެ ގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށްވެސް ގެއްލުންވަނީ އެވެ. ނިކަން މިކަން ކުރާން ދަންނަ މީހެއްގެ މަޝްވަރާއެއް ހޯދައިގެން ކުރާނޭ ގޮތް ދަސްކޮށްގެންވިޔަސް މިކަން ކޮށްބަލާށެވެ.

ރަތްމަސްކޮއި މިވާހަކަ އަޑުއަހައި މިކަން ދަންނަ މީހަކާ ސުވާލުކޮށްފި އެވެ. އޭނާ ކިޔައިދެ އެވެ. ފުރަތަމަ ހަދާނޭ ގޮތަކީ ފަންގަނޑުގެ ރީތުފުށް ދަށަށް އޮންނާނޭހެން ފަންގަނޑު ބާއްވާފައި އޭގެ ފަރާތެއްގައި ހުންނަ ތިންކޮޅުގައި ރޯނުޖަހާނީ އެވެ. މިގޮތަށް ހަ ކޮޅުގައި ރޯނު ޖެހޭނެ ނޫންހެއްޔެވެ. ދެން ފަންގަނޑު އޮޅާލައިގެން ފުރާޅު މައްޗަށް އަރައި ބޯކޮޅު މައްޗަށް ހުނގޫކޮޅު ތިރިއަށް ވާނޭހެން މަތީ ދަނޑީގައި އައްސާފައި ފަންގަނޑު ނިއުޅާލީމާ އެއޮތީ ގަނޑުފަން ޖެހިފަ އެވެ.

ރަތްމަސްކޮއި ހިތުން މި ލިބުނު ފިލާވަޅު އޭނާއަށް މިހާރު ގަނޑުފަން ޖަހަން ދަސްވެއްޖެ އެވެ. އެހެންވެ ގެއަށްގޮސް، ފަންގަނޑެއް ހޯދައި އޭގެ ރީތިފުށް މައްޗަށް ހުނގޫކޮޅުވެސް މައްޗަށް ބާއްވައިގެން ހަ ކޮޅުގައި ރޯނު ޖަހައިގެން ފުރާޅުމައްޗަށް އަރުވައި ފަންގަނޑު ޖަހައިފި އެވެ. މި ކުރެވުނު މޮޅު ކަމެއް ހީވެ އެކަމުގެ އުފަލުގައި ހުއްޓައި ކެތި ލައިގަނެފި އެވެ. ކަމަކުދާކަށް ނެތެވެ. ފަންގަނޑުލާން ހިތައި އަރައި އުޅުމުގައި ގޭ ފުރާޅުގައި ކުރިން ރަނގަޅަށް ހުރި ތަންތަންވެސް ހަލާކުވެ، އިހަށްވުރެ މާބޮޑުވަރުވެ ގޭގައި އުޅޭން ދަތިވާ ވަރަށް ގޭ ތެރެއަށް ވާރޭ ވެހެން ފަށައިފި އެވެ.

މީހަކު ދިން މަޝްވަރާއެއް ރަނގަޅަށް އޮޅުން ނުފިލައިހުރެ އެކަމެއް ކުރަން އުޅެންޏާ ތިޔަވަނީ ރަތްމަސްކޮއިގެ ގަނޑުފަންޖެހުމަށޭ ބުނެ އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox