ތަންފީޒީ އިދާރާތަކުން ދުންފަތުގެ ގާނޫނު މިހާރު ތަންފީޒެއް ނުކުރޭ: އަފްއާލް

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ތެރެއިން: އެ ކޮމިޓީގައި ތަންފީޒީ އިދާރާތަކުން ދުންފަތުގެ ގާނޫނު ތަންފީޒު ނުކުރާ ކަމަށް އަފްއާލް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ތެރެއިން: އެ ކޮމިޓީގައި ތަންފީޒީ އިދާރާތަކުން ދުންފަތުގެ ގާނޫނު ތަންފީޒު ނުކުރާ ކަމަށް އަފްއާލް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ތަންފީޒުކުރަން ޖެހޭ އިދާރާތަކުން އެ ގާނޫނު މިހާރު ވެސް ތަންފީޒު ނުކުރާ ކަމަށް ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ނައިބު ރައީސް އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ގޮތުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އަފްއާލް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ތަންފީޒު ކުރަން ޖެހޭ ހުރިހާ ކަމެއް ބަޔާން ކޮށްފައިވީ ނަމަވެސް، އެ ކަންކަން ކަސްޓަމްސް ފިޔަވައި އެއްވެސް ތަނަކުން ތަންފީޒު ކުރަމުން ނުދާ ކަމަށެވެ.

"ރާއްޖެއަށް އެއްޗެހި އެތެރެ ކުރާ މަރުހަލާގައި ކަސްޓަމްސްއިން ކަސްޓަމްސްއިން ތަންފީޒުކުރާ ކުރުން ފިޔަވައި މިއަދު ބަލާއިރު މި ގާނޫނުގެ [ދުންފަތް ކޮންތްރޯލްކުރާ ގާނޫނުގެ] އެއްވެސް ބައެއް ނެތް ކަސްޓަމްސް ނޫނީ. އިހުތިރާމާ އެކު އަޅުގަނޑަށް ދަންނަވަން ކެރޭނެ މޯލްޑިވްސް ޕޮލިސް ސާވިސްއިން މި އަހަރު މިސާލަކަށް އެބައޮތްތޯ އެއްވެސް ފަރާތެއް ޖޫރިމަނާ ކޮށްފައި މި ގާނޫނާ ހިލާފުވެގެން،" އަފްއާލް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނޯންނާނެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކިތައް ކެފޭއަށް ގޮސް ޖޫރިމަނާ ކުރިތޯ ފިޔަވަޅު އެޅިތޯ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރޭޑުން ވިޔަފާރި ކުރާ ތަންތަނުގެ ގަވާއިދާ އެއްގޮތަށްތޯ، އެކްސްޕެއާ ވެފައި ހުރި އެއްޗެހި ވެސް ވިއްކާތޯ ބާލާތޯ. ދުންފަތުގެ ބާވަަތްތައް ވިއްކާގޮތް ބަލާތޯ. އެއްވެސް ފަރާތެއް ނެތް."

ދުންފަތުގެ ގާނޫނު ވުޖޫދަށް އައިތާ 14 އަހަރު ފުރިފައިވާއިރު މިއަދު އިސްލާހުތަކެއް ގެންނަން މަޝްވަރާތައް ފެށީ ގާނޫނު ތަންފީޒު ކުރަން އެއްވެސް މަސައްކަތެއް ނުކޮށް ތިބެކަން ފާހަގަ ކުރައްވަމުން އަފްއާލް ވިދާޅުވީ ވީ އިހުމާލުތަކަކީ ގާނޫނު ތަންފީޒު ނުކުރުމަށް އޮތް ބަހަނާއަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރާ ގާނޫނު އިސްލާހުވެގެން އަންނައިރު އެ ގާނޫނަކީ ހަމައެކަނި ފުލުހުން ތަންފީޒުކުރާ ގާނޫނަކަށްވުރެ ބޮޑަށް އެކަމުގައި މުނިސިޕަލްގެ ދައުރެއް ވެސް ބޭއްވުން މުހިންމު ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ނުތިއްބަވާނެ. ރަށްރަށުގެ ކައުންސިލުން ވެސް އަދި އެެހެން އިދާރާތަކަށް ވެސް ފަސޭހައިން މިކަން ތަންފީޒު ވާނެ ގޮތަށް މި ގާޏޫނުގެ މާއްދާތައް ބައްޓަން ވެގެން ދިޔުން އެއީ އަޅުގަނޑު ފާހަކޮށްލަން ބޭނުންވާ އެއްކަންތައް،" އާސިމް ވިދާޅުވި އެވެ.

ކެފޭ އަދި ރެސްޓޯރެންޓުތަކުގައި މިހާރު ސިނގިރޭޓު ވިއްކަމުންދާކަން ފާހަގަކުރައްވައި އާސިމް ވިދާޅުވީ އެފަދަ ތަންތަނުގައި އެއްވެސް ގޮތަކަށް ސިނގިރޭޓު ނުވިއްކޭނެ ގޮތް ގާނޫނުން ކަނޑައެޅުން މުހިންމު ކަމަށެވެ.

"ހޮޓާ ރެސްޓޯރެންޓު ތަންތަނުގައި އެއްބައެއްގައި ހުއްދަ ކޮށްފައި، އަނެއް ބައިގައި ހުއްދަ ނުކުރީމަ ދެން އެދިމާވާ މައްސަލަތައް ވެސް ވަރަށް ބޮޑު. ކަން ކުރާ މީހާ ކަން ކުރާ ފަހުން ނޫނީ އެތަން ހިންގަން ހުންނަ މީހާއަށް ވެސް އެކަން މަނާ ކުރާ ހިސާބުން ފެށިގެން އެ މަނައެއް ނުއެއްވޭ. ފުލުހުންނަށް ރިޕޯޓް ކޮށްގެން އެތަނަށް ދާއިރު ކަން އޮންނަނީ ވެ ނިމިިފައި. މިކަހަލަ ގޮންޖެހުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މުސްތަގުބަލުގައި ގާނޫނު ހަރަދަނާ ގޮތެއްގައި ތަންފީޒު ކުރަން ބޭނުންވާ ނަމަ ދިމާވާ ގޮންޖެހުންތައް ރަނގަޅަށް ބަލަން ޖެހޭ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ގޮތުން އާންމު ތަންތަނުގައި ސިނގިރޭޓު ބޮއެފިނަމަ 500ރ. އިން އެމީހަކު ޖޫރީމަނާ ކުރެވެ އެވެ. ނަމަވެސް ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން އެކަން އެގޮތަށް ކުރަމުން ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox