ސިފައިންގެ މަރުކަޒުތައް ހަދައި ހަތިޔާރު ހޯދަނީ ބޭރުގެ އެހީގައި: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޭރުގެ އެހީތެރިކަމާ އެކު ރަށްރަށުގެ ސިފައިންގެ މަރުކަޒުތައް ހަދައި ހަތިޔާރު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޭރުގެ އެހީތެރިކަމާ އެކު ރަށްރަށުގެ ސިފައިންގެ މަރުކަޒުތައް ހަދައި ހަތިޔާރު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ބޭރުގެ އެހީގައި، އަތޮޅުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް ތަރައްގީކޮށް، ހަތިޔާރު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ހުރި ސިފައިންގެ މަރުކަޒުތައް ނުބެލެހެއްޓުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ވީރާނާވެފައިވާ ކަމަށާއި އެ މަރުކަޒުތައް އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާ އެކު އަންނަ އަހަރު ހަދަން ފަށާނެ ކަމަށެވެ.

"މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް ހުރީ ފަހަކަށްއައިސް ނުބެލެހެއްޓުމުގެ ސަބަބުން، މި ވޭތުވެދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި، އަމުދުން ނުބެލެހެއްޓުމުގެ ސަބަބުން، ވަރަށް ބޮޑަށް ވީރާނާވާން ފަށާފައި. އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް މިހާރުވާނީ އެދިފައި. އިރާދަކުރެއްވީތީ އެ ކަންކަން މި އަންނަ އަހަރުގެ ތެރޭގައި، މި ދެންނެވި ހުރިހާ މަރުކަޒުތައް، އެފަދަ ފަރާތްތަކުގެ އެހީތެރިކަމާ އެކީގައި ހެދިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހަތިޔާރު ހޯދައި، އެކިއެކި އާލާތްތައް ހޯދަންޖެހޭ ކަމަށާއި މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކުގައި މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ވެސް ސިފައިންނަށް އަހްނަން އަހަރު ހަތިޔާރާއި ގިނަ އަދަދެއްގެ އާލާތްތައް ހޯދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔެވުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތުތަކާއި ވަޒީފާތަކުން ބާކީވެފައި ތިބި ފުރާވަރު އުމުރުގެ ޒުވާނުން ސިފައިންނާއި ފުލުހުންގެ ހިދުމަތަށް މަޖުބޫރުކޮށް ވެއްދުމަށް އަންނަ އަހަރު ގައުމީ ހިދުމަތުގެ ޕްރޮގްރާމެއް ފަށަން ވެސް ވަނީ ނިންމައިފަ އެވެ.

އެ ޕްރޮގްރާމުގެ ތެރެއިން ސިފައިންގެ ހިދުމަތަށް އަހަރަކު 1،000 މީހުން އަދި ފުލުހަށް އަހަރަކު 250 މީހުން މަގުން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 5،000 ޒުވާނުން ތަމްރީނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox