ނިސްޓެލްރޫއީ މުސްތަގުބަލާ ގުޅޭގޮތުން އަވަހަށް ގޮތެއް ނިންމަނީ

Nov 4, 2024, 12:02 AM
ނިސްޓެލްރޫއީ މުސްތަގުބަލާ ގުޅޭގޮތުން އަވަހަށް ގޮތެއް ނިންމަނީ

މެންޗެސްޓާ (ނޮވެމްބަރު 4) - މެންޗެސްޓާ ޔުނައިޓެޑްގައި އޭނާގެ މުސްތަގުބަލު އޮތްގޮތެއް މި ހަފްތާ ތެރޭގައި އޮޅުންފިލުވަންޖެހޭ ކަމަށް ޔުނައިޓެޑާ ވަގުތީ ގޮތުން ހަވާލުވެހުރި ކޯޗު ރޫޑް ވެން ނިސްޓަލްރޫއި ބުނެފި އެވެ.

އެރިކް ޓެން ހާގްގެ އެސިސްޓަންޓް ކޯޗަކަށް މި ސީޒަނުގައި ބަދަލުވި ނިސްޓަލްރޫއިއާ ޓީމުގެ ވަގުތީ ކޯޗުކަން ހަވާލުކުރީ ޓެން ހާގް ވަކިކުރުމުންނެވެ. ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ވާދަކުރީ ނިސްޓަލްރޫއިގެ އިރުޝާދުގެ ދަށުންނެވެ. އެ ގޮތުން، ލީގު ކަޕްގައި ލެސްޓާ ސިޓީ އަތުން 5-2 އިން މޮޅުވިއިރު، ރޭ ލީގުގައި ކުޅުުނު މެޗުން ޗެލްސީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

Advertisement

ނިސްޓަލްރޫއި ވަނީ މީގެ ކުރިން ޔުނައިޓެޑްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ޔުނައިޓެޑްގެ ކޯޗަކަށް ސްޕޯޓިން ލިޒްބަންގައި ހުރި ރުބެން އަމޮރިމް ހަމަޖައްސައި، މި މަހު 11 ވަނަ ދުވަހު އޭނާ ޓީމާ ހަވާލުވާނެ ކަމަށް ބުނުމުން، ނިސްޓަލްރޫއީ މި ވަނީ މުސްތަގުބަލާ ގުޅޭގޮތުން އަވަސް ނިންމުމެއް ނިންމަން ޖެހިފަ އެވެ.

"ވަރަށް އަވަހަށް ކްލަބާ އެކު ވާހަކަތައް ފަށާނަން. އަހަރެން އަދި އޭނަ (އަމޮރިމް)އާ ވާހަަކަ ނުދައްކަން،" ޗެލްސީއާ އެއްވަރުވި މެޗަށް ފަހު ނިސްޓަލްރޫއީ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން، އަމޮރިމް، ޔުނައިޓެޑަށް އަންނަނީ އޭނާގެ ކޯޗިން ޓީމާ އެކުގައި ކަމަށްވާތީވެ، ނިސްޓަލްރޫއީ އަށް ޔުނައިޓެޑްގައި މަޑުކުރެވޭނެ މާ ބޮޑު ފުރުސަތެއް ނެތެވެ. އެހެންވެ، އޭނާގެ ވިސްނުމަކީ ވެސް ޔުނައިޓެޑް ދޫކޮށް ޓީމެއްގެ ހެޑް ކޯޗުކަމާ ހަވާލުވުމެވެ.

ޔުނައިޓެޑަށް ފަސް އަހަރު ކުޅެދިން ނިސްޓަލްރޫއީ، މިދިޔަ ސީޒަނުގައި ހުރީ ޕީއެސްވީ އައިންދޯވަންގެ ކޯޗަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox