ބަންގްލަދޭޝްއިން ރާއްޖެ މެދުވެރިކޮށް އެހެން ގައުމުތަކަށް މުދާ ފޮނުވަނީ

މާލޭ ވިޔަފާރި ބަނދަރުގައި މުދާތަކެއް ބަހައްޓާފައި: ބަންގްލަދޭޝްއިން ރާއްޖެ މެދުވެރިކޮށް އެހެން ގައުމުތަކަށް މުދާ ފޮނުވަން ވަނީ ފަށާފައި -- ފޮޓޯ: އަދަދު ފައިލް

މާލޭ ވިޔަފާރި ބަނދަރުގައި މުދާތަކެއް ބަހައްޓާފައި: ބަންގްލަދޭޝްއިން ރާއްޖެ މެދުވެރިކޮށް އެހެން ގައުމުތަކަށް މުދާ ފޮނުވަން ވަނީ ފަށާފައި -- ފޮޓޯ: އަދަދު ފައިލް

ބަންގްލަދޭޝްއިން އެކްސްޕޯޓް ކުރާ ގާމެންޓްސް އިންޑިއާ މެދުވެރިކޮށް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަން ފަށައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ބަންގްލަދޭޝްއިން ކަނޑު މަގުން ރާއްޖެއަށް ގާމެންޓްސް ގެނައުމަށްފަހު، އެ އެއްޗެހި އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަނީ ވައިގެ މަގުންނެވެ. އޭގެ ތެރޭގައި އެޗް އެންޑް އެމް އަދި ޒާރާއަށް ފޮނުވާ ގާމަންޓްސް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގެ އެމްއެސްސީ އެޖެންސީގެ އެމްޑީ ދީޕަކް ތިވާރީ ވިދާޅުވީ މީގެ ކުރިން ބަންގްލަދޭޝްގެ މުދާތައް ބޭރު ކުރަނީ އިންޑިއާގެ އެއާޕޯޓްތައް މެދުވެރިކޮށް ކަމަށާއި ނަމަވެސް އެ ޝިޕްމަންޓްތައް މިހާރު ރީރޫޓް ކުރަމުންދަނީ އެހެން ސަރަހައްދުތަކުން ކަމަށެވެ.

Advertisement

"މި ބަދަލާ އެކު އިންޑިއާ އެއާޕޯޓްތަކަށް އަދި ޕޯޓުތަކަށް އެ މުދާތައް ފޮނުވައިގެން ލިބެމުންދިޔަ އާމްދަނީ ދަށްވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ބަންގްލަދޭޝްއިން މުދާ ބޭރު ކުރުމުގައި ނިންމި ނިންމުމާ ގުޅިގެން އެ ގައުމާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް ހީނަރުކަން އަންނާނެ އެވެ.

އިންޑިއާ މެދުވެރިކޮށް މުދާތައް ބޭރު ކުރުން ބަންގްލަދޭޝް އިން މެދުކަނޑާލައި، ރާއްޖެ މެދުވެރިކޮށް މުދާ ބޭރު ކުރަން ފެށީ އިންޑިއާއިން މުދާ ބޭރު ކުރަން ނަގާ ވަގުތު ދިގުވުމުންނެވެ.

ބަންގްލަދޭޝްގެ އެކްސްޕޯޓްކުރާ މުދަލުގެ ތެރެއިން 80 ޕަސަންޓަކީ ގާމެންޓްސް އެވެ. އަދި އޭގެ ތެރެއިން 13 ޕަސަންޓު އެ ގައުމުގެ ޖީޑީޕީ ހިއްސާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox