ޗެލެންޖް ލީގު: ފަހު މެޗުގައި އަބްދީޝް އަތުން ވެސް މާޒިޔާ ބަލިވެއްޖެ

ޗެލެންޖް ލީގު: ފަހު މެޗުގައި އަބްދީޝް އަތުން ވެސް މާޒިޔާ ބަލިވެއްޖެ

އޭއެފްސީ ޗެލެންޖް ލީގުގައި ގްރޫޕް ސްޓޭޖުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފަހު މެޗުން ކިރްގިސްތާންގެ އަބްދީޝް އަތުން ވެސް ބަލިވެއްޖެ އެވެ.

ކުވައިތު ސްޕޯޓްސް ކްލަބްގެ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާއެކު މި ގްރޫޕުން މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދީ، އަލް އަރަބި އާއި ތުރުކުމެނިސްތާން ޗެމްޕިއަން އަރްކަޑަގް އެވެ.

މިރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓުގައި އަބްދީޝް ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ކީރާތު ޒީރަލްބެކް އެވެ. މިއީ މާޒިޔާގެ އޭރިއާ ތެރެއަށް މުސަބޭކޮކް ނަގާދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި ލަނޑަށް ފަހު މާޒިޔާ އިން ވަނީ ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލަން އުޅުނު ހަމަލާއެއްގައި އޭނާ ވަނީ ވެއްޓިފަ އެވެ. ހަމްޕު ވަނީ އަބްދީޝްގެ ކީޕަރު އޭނާ އަށް ފައުލު ކުރިކަމަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

އޭގެ ފަހުން މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) މުޅިން ހުސްކޮށްލާފައި އަލީ ފާސިރު (ސެންޓޭ) އަށް ދިން ޕާހެއް އޭނާ ފޮނުވާލިނަމަވެސް މި ހަމަލާ ވަނީ އަބްދީޝްގެ ޑިފެންޑަރު ބްލޮކްކޮށްފަ އެވެ.

އަބްދީޝްގެ ލީޑު ފުޅާ ކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި އަޓާއި ޖަހައިދިން ގޯލުންނެވެ. މިއީ މާޒިޔާގެ އޭރިއާ ތެރެއިން ޑިފެންޑަރު އޭރޯން އީވަންސް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އަކުން އަޓާއި ޖެހި ގޯލެކެވެ.

މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް އަބްދޭޝް ގެ ތިންވަނަ ލަނޑު އެ ޓީމަށް ޖަހާދިނީ އެމައުލް ޔަގާ އެވެ.

އޭގެ ފަހުން މާޒިޔާގެ ހަސަން ރާއިފް (ހަންނަ) އަށް ވަނީ ފަރަގު ހަނިކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަބްދޭޝްގެ އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެ, ހަންނަ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އަތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox