އާސަންދައިން އައިވީއެފް ފަރުވާ ހަދަން ލިބޭ މީހުންގެ ދެވަނަ ލިސްޓު އާންމުކޮށްފި

މާލޭގެ ފިހާރައެއްގެ ބޭރުގައި ހަރުކޮށްފައި ހުރި އާސަންދަ ބޯޑެއް: އާސަންދަ ހަރަދުގައި އައިވީއެފް ހަދަން ފެށީ މި އަހަރު -- ފޮޓޯ: އަދަދު ފައިލް

މާލޭގެ ފިހާރައެއްގެ ބޭރުގައި ހަރުކޮށްފައި ހުރި އާސަންދަ ބޯޑެއް: އާސަންދަ ހަރަދުގައި އައިވީއެފް ހަދަން ފެށީ މި އަހަރު -- ފޮޓޯ: އަދަދު ފައިލް

ދަރިމައިވުމުގައި ދަތިތަކާ ކުތިމަތިލާންޖެހޭ ފަރާތްތަކަށް ދޭ އައިވީއެފްގެ ފަރުވާ، އާސަންދަ ސްކީމުގެ ދަށުން ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވައިލި ފުރުސަތުގައި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 63 މީހުން ލިސްޓު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު އިއުލާނު ކޮށްފި އެވެ.

އެންސްޕާއިން މިއަދު ގެޒެޓުކުރި އިއުލާނާއެކު އާސަންދައިގެ ދަށުން އައިވީއެފްގެ ފަރުވާ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ލިސްޓު ވެސް އާންމުކުރި އެވެ. އެ ލިސްޓުގައި ޝަރުތު ހަމަވި މީހުންނާއި ޝަރުތު ހަމަ ނުވާ މީހުން، ޝަރުތު ހަމަނުވި ސަބަބާއެކު ބަޔާން ކޮށްފައިވެ އެވެ.

މިއަދު އާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އެންސްޕާއިން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އާސަންދައިގެ ދަށުން އައިވީއެފްގެ ފަރުވާ ލިބޭ މީހުންގެ ލިސްޓާ މެދު ޝަކުވާއެއް އޮތް ނަމަ ނޮވެމްބަރު 10، ގެ މެންދުރު 2:00 ގެ ކުރިން complaints@nspa.gov.mv އަށް އީމެއިލް ކުރުމަށް އެ އޭޖެންސީން އެދިފައިވެ އެވެ.

ޝަކުވާތަކަށް ބެލުމަށްފަހު މިހާރު އިއުލާނު ކޮށްފައިވާ ލިސްޓަށް ބަދަލެއް ގެންނަޖެހޭ ކަމަށް ފެންނަ ނަމަ، އެ ބަދަލެއް ގެނައުމަށްފަހު ނޮވެމްބަރު 15، ގައި ދާއިމީ ލިސްޓު އިއުލާނު ކުރާނެ ކަމަށް ވެސް އެންސްޕާގެ އިއުލާނުގައި ބުނެފައިވެ އެވެ.

ދެވަނަ ބުރުގައި ޝަރުތު ހަމަވި މީހުންނަށް ފަރުވާ ކުރިއަށް ދާނެ ގޮތުގެ ޕްލޭން ނޮވެމްބަރު 30 ގެ ކުރިން ހިއްސާ ކުރާނެ ކަމަށް މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ މި އާސަންދައިގެ ދަށުން އައިވީއެފްގެ ފަރުވާ 100 ދެމަފިރިއަކަށް ދިނުމަށެވެ. އެގޮތުން މިދިޔަ ޖުލައި މަހު ވެސް 37 މީހަކަށް އެ ފުރުސަތު އެންސްޕާއިން ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox