ދަރިޔަކު ވިހެއުމާއި މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތާ އަޅާކިޔައި ދެއްކެވި ވާހަކައާއެކު ފަލާހު ހޫނުފެނަށް!

ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވާ، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވާ، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދަރިޔަކު ވިހާއިރު މައިންގެ ގައިގައި އަޅާ ވޭން އެހެން މީހުންނަށް ނޭނގޭހެން، މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅިގެން ގިނަބައެއް ނުރުހުމާއި ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މަޖިލިސް މެންބަރުންނަށް ކުރިމަތިވާ ޕްރެޝަރާއި ދިމާވާ ދަތިތައް އަދި ކުރަންޖެހޭ ބުރަ މަސައްކަތްތައް އެކަން ނުކުރާ މީހުންނަށް ނޭނގޭނެ ކަމަށެވެ. އަދި ދުވާލުގެ ހަތަރު ދަން މަޖިލިސް މެންބަރުން ހޭދަކުރައްވަނީ މަސައްކަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ހަމަ މަންމައަކު ދަރިޔަކު ވިހާއިރުގައި، އެ މަންމައަކަށް އެ އަޅާ ވޭން އެހެން މީހަކަށް، އެކަން ނުވާ މީހަކަށް ނުކުރާ މީހަކަށް ނުވަތަ އެ އިހުސާސް ނުކުރާ މީހަކަށް ނޭނގޭ ފަދައިން ހަމަ ވާވަރު ކަމެއް ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމަކީ،" ފަލާހު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުން ހަމައެކަނި ކުރާ މަސައްކަތަކީ ތަޅުމުން އެ ފެންނަ މަންޒަރު ނޫން ކަމަށާއި އޭގެ އިތުރުން ކުރާ ކަންކަން އިހުސާސް ކޮށްލަން އާންމުންނަށާއި މެންބަރުކަން ނުކުރާ މީހުންނަށް އުނދަގޫ ވާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ އެ ވާހަކަތަކާ ގުޅިގެން ސޯޝަލްމީޑިއާގައި ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ފާޑުކިޔާފައިވެ އެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ބުނީ މަޔަކު ގައިގައި އަޅާ ވޭނާއި މަޖިލިސް މެންބަރުކަން ކުރުމާ އެއީ އަޅާ ކިޔާވަރަށް ވުރެ ބޮޑުކަމެއް ކަމަށެވެ.

"ދަރިއެއް ވިހާއިރު މައިމީހާ [ގައިގައި] އަޅާ ވޭނުގެ ވާހަކަ ގުރުއާނުގައި ވެސް އިނދޭ ބުނެފައި، ގޮނޑީގައި އިނދެގެން އަޅާ ވޭނެއްގެ ވާހަކަ ނުއިނދޭ އެކަމަކު. މިސާލު ޖަހާއިރު ވެސް ތަންކޮޅެއް ރަނގަޅު ގޮތަކަށް ކަމާބެހޭ މިސާލު ޖައްސަވާ،" މުހައްމަދު ފާރިޝްގެ ނަމުގައި ފޭސްބުކް އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.

ފަލާހުއަށް ފާޑުކީ އެހެން މީހަކު ބުނީ ދަރިއަކު ވިހާއިރު މައެއްގެ ގައިގައި އަޅާ ވޭނުގެ ކުޑަ މިންވަރެއް އެނގޭ ނަމަވެސް، މަޖިލިސް މެންބަރުކަމާ ގުޅުވާފައި އެފަދަ ވާހަކައެއް ދައްކަން އަނގަ ހުޅުވައިލަން ވެސް ނުކެރުނީސް ކަމަށެވެ. ފަލާހު ފަދަ ވިސްނުން ކޮށި މީހުން މަޖިލީހަށް އިންތިހާބުވެފައި ތިބޭތީ ހިތާމަކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

"ކިހާބޮޑު ވަބާއެއް މިއޮތީ ލައްވާލާފައި، ދަރިއަކަށް ބަލިވެ އިނީއްސުރެ ވިހަންވަންދެން އަންހެނާ އެ ކަޑައްތު ކުރާ ކަންކަން ހިތަށް ވެސް ކަލޭމެންނަށް ނުގެނެވޭނެ، އަދި ދަރިއެއް ވިހެއުމުގައި މައިމީހާ އެ އުފުލާ ވޭން ސިކުނޑިއަށް ވެސް ގެންނަން ނޭނގޭނެ. ދެން ކޯއްޗެކޭތަ ގޮވައި މި ނަގަނީ؟ ކިހިނެއްތަ މެންބަރުކަން ކުރުމުގެ ބުރައޭ ކިޔާފައި އަންހެނާ ވިހެއުމުގައި އެ ކުރިމަތިލާ ކަންކަމާ އެއްވަރު ކުރެވޭނީ؟" އައިމިނަތު އަލީގެ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނެފައިވެ އެވެ.

"އަންހެނުންނަށް ވެސް ހުތުރު އަރުވަން އުޅޭ މީހެއް. މީނަ އުފަންކުރި މީހާ ގާތު އަހާލަން މަށަށްް ފެނޭ، ޑަންލޮޕަށްވުރެ ވަރުގަދަ އެއްޗަކުން އަނގަ ތަތްކުރަންވެއްޖެ ކަންނޭނގެ މި މީހާގެ، މި ނޫން އަޑެއް ނުއިވޭ. މިއީ ކޮންތަނަކުން ފައިދާ ކޮށްގެން އުޅޭ މީހެއްތަ؟"

ފަލާހުގެ ވާހަކައާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި ބައެއް މީހުން ވަނީ މަޖިލިސް މެންބަރުންނަކީ ސިޔާސީ އަވައިގައި ޖެހިފައި ތިބޭ ވަގުންތަކެއް ގޮތަށް ވެސް ސިފަކޮށްފަ އެވެ. އެހެންކަމުން އެފަދަ މަސައްކަތެއް ކުރުމަކީ މަޔަކު ދަރިއެއް ވިހެއުމާ އެއްފަދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ.

އޭގެއިތުރުން ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން ބައެއް މީހުން އޭނާއަށް މަލާމާތް ވެސް ރައްދު ކޮށްފައިވެ އެވެ. ފަލާހުއަށް ޖޯކުޖެހި ބައެއް މީހުން ބުނެފައި ވަނީ އެފަދަ ވާހަކަތައް ފަލާހު ދައްކަވަނީ މަޖިލިސް މެންބަރުކަން ކުރުމުގެ އުރައްޕެއް އޭނާގެ ކިބައިގައި ނެތީމާ ކަމަށެވެ.

"ތަންދޮރު ނުދަންނަ މީހުން ބޮޑެތި ކަންތައްތަކާ ހަވާލުވީމާ ހުރިހާ ކަމެއް ވެސް ވާނީ ބުރައަކަށް،" ރިޔާސާ ފާތިމަތުގެ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނެފައިވެ އެވެ.

ފަލާހު ދެއްކެވި ވާހަކައަށް އެތައް ބަޔަކު ނުރުހުން ފާޅުކޮށް ސޯޝަލްމީޑިއާގައި ވާހަކަދައްކާފައިވާއިރު، މިހައިތަނަށް ދެއްކެވުނު ވާހަކައާ ގުޅިގެން ފަލާހު މާފަށް އެދިފައެެއް ނުވެ އެވެ. އަދި ވެރިކަން ކުރާ ޕީއެންސީން ވެސް އެކަމާ ބެހޭގޮތުން އެއްވެސް އެޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox