ރިޔާސީ ދައުރު ނިމެންވާއިރަށް އިގުތިސޯދު 10 ބިލިއަން ޑޮލަރަށް ބޮޑުކުރަން އަމާޒު ހިފައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަނީ: ފިނޭންސް މިނިސްޓަރު ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުން މި އަމާޒަށް ވާސިލު ވެވޭނެ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަނީ: ފިނޭންސް މިނިސްޓަރު ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުން މި އަމާޒަށް ވާސިލު ވެވޭނެ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުގެ ރިޔާސީ ދައުރު 2028 ގައި ނިމެންވާއިރަށް އިގުތިސޯދު 10 ބިލިއަން ޑޮލަރު (152 ބިލިއަން ރުފިޔާއަށް) ބޮޑުކުރަން އަމާޒު ހިފާފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު މިހާ ދަށް ވާން މެދުވެރިވީ މައިގަނޑު ސަބަބަކީ ކުރީ ސަަރުކާރުން ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި، ރަނގަޅު ފައިނޭންސިން ޕްލޭނެއް ނެތި ހަރަދު ކުރަމުން ގެންދިޔުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100ރ. އިން 23ރ. ދަރަނި ދައްކަން ހޭދަ ކުރަން ޖެހި، ކޮންޓްރެކްޓަރުންގެ ބިލުތައް ފުނިޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފާއިތުވި އަހަރުތަކުގައި ރޭވުންތެރިކަމެއް، ޒިންމާދާރުކަމެއް ނެތް، ފަނާކުރަނިވި ފިސްކަލް ޕޮލިސީއެއް ތަންފީޒުކުރުމުގެ ސަބަބުން، ދައުލަތުގެ މާލިއްޔަތު އޮތީ ހަރާބުގެ މަގަށް ހުށަހެޅިފައި. ސާފުކޮށް ފެންނަން އޮތް އާހިރު ނަތީޖާއަކީ މުޅި ދިވެހި ގައުމު ނުރައްކަލުގެ ތެރެއަށް، ހަލާކަކަށް ހުށަހެޅިގެން ދިޔުން،" ޒަމީރު ވިދާޅުވި އެވެ.

މިކަންކަމަށް ރިއާޔަތްކޮށް، ޒަމީރު ވިދާޅުވީ، ހުރިހާ ދާއިރާކުން ބެލި ކަމުގައި ވިޔަސް މިއަދު މި ޖެހެނީ ހުރިހާ ކަމެއް އަލުން ބަލުން ފަށައިގެން ކުރަން ކަމަށެވެ. އަދި މިހާރު މާލިއްޔަތަށް ދިމާވެފައި ހުރި ނިޒާމީ މައްސަލަތަކަށް ހައްލު ހޯދައިގެން ނޫނީ މި ސަރުކާރުން ބޭނުންވާ ރާއްޖެއަށް ވާސިލުނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީ މައްސަލަތައް ހައްލުކުރަން ކުރެވޭ އެންމެ މައިގަނޑު މަސައްކަތަކީ އިކޮނޮމިކް ރިފޯމްތައް ތަންފީޒުކުރުމެވެ. ޒަމީރު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ބަޖެޓާ އެއްގޮތަށް އަންނަ އަހަރުން ފެށިގެން މި ރިފޯމްތައް ތަންފީޒުކުރަން ފަށާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރުކުރައްވަނީ މި ދަންނަވާ ކަންކަން ހައްލުކުރުމަށް މިހާރުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައި އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދިޔުން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މި ދައުރު ނިމެންވާއިރަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި އިގުތިސޯދީ މަރުކަޒުތަކެއް ގާއިމުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އަދި، ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތަށް އާބަން ސެންޓަރުތައް ގާއިމުކޮށް، ސަރަހައްދީ ތަރައްގީއަށް މަގުފަހި ކުރުމަކީ ވެސް އަމާޒެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދިންތެރިކަމުގެ ނިސްބަތުން އިގުތިސޯދު ހުރީ 6.5 ބިލިއަން ޑޮލަރުގަ އެވެ. އަދި ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 12،667 ޑޮލަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox