ގުޅީފަޅުގެ ގުރުއަތާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ގުރުނެގުމުގެ ތެރެއިން: ގުރެ ނެގި ގޮތާ ގުޅިގެން ބައެއް އާންމުން ޝަކުވާކޮށްފައިވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ގުރުނެގުމުގެ ތެރެއިން: ގުރެ ނެގި ގޮތާ ގުޅިގެން ބައެއް އާންމުން ޝަކުވާކޮށްފައިވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ގުރުނެގުމާ ގުޅިގެން ގޯތި ލިބުނު ބައެއް މީހުން ޝަކުވާކޮށްފައި ވަނިކޮށް، ގުރު ނެގި ގޮތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓަރީން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެމްބަރު 7، ގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހެޅޭނީ އެ މިނިސްޓަރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މިއަދުގެ ކުރި އިއުލާނާ އެކު ގުރުއަތުން ލިބުނު ޕްލޮޓު ނަންބަރުތަކާއި ފޯމު ނަންބަރުތައް ހިމެނޭ ލިސްޓެއް އާންމުކޮށްފައިވެ އެވެ.

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ޕްލޮޓްތައް ބަހަން ގުރުނެގުން ކުރިއަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭގަ އެވެ. އެދުވަހު ގުރު ނެގުން ކުރިއަށް ގެންދިޔައީ ހައުސިން މިނިސްޓަރީގެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން ގޯތި ލިބުނު މީހުންގެ ޝަކުވާތަކެއް ވެސް އެދުވަހު ވެސް ހުއްޓެވެ.

ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ޖެހުނީ މިދިޔަ ސަރުކާރުން ފާސްކުރި ލޭންޑް ޔޫސް ޕްލޭންގެ ބަދަލުގައި އާ ޕްލޭންތަކެއް މި ސަރުކާރުން ފާސްކޮށް އާންމު ކުރުމުންނެވެ.

މި ސަރުކާރުން ފާސްކޮށް މި ހިނގާ އޮކްޓޯބަރު 16، ގައި އާންމުކުރި ލޭންޑް ޔޫސް ޕްލޭންތަކުގައި ކުޅިވަރު ކުޅެން ހާއްސަ ސަރަހައްދުތަކާއި މުނިސިޕަލް ހިދުމަތްތައް ދޭ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތަކަށް އިތުރު ބިންތައް ކަނޑައަޅައިފަ އެެވެ.

އޭގެފަހުން ގުރުނެގުމަށް އެންމެ ދުވަހަކަށްވެފައި އޮއްވައި އޮކްޓޫބަރު 28، ގައި އަނެއްކާ ވެސް ހައުސިން މިނިސްޓަރީން ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައި ވެ އެވެ.

އަލަށް އެކުލަވާލި ޕްލޭނުގެ ދަށުން ގުޅީފަޅުގެ ބޮޑު ސަރަހައްދެއް ވަނީ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ކުރީ ޕްލޭނުގައި އެ ސަރަހައްދުގައި 84 ގޯތި އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox