ރައީސް ދެއްވި ތާރީހަށް ގިރާވަރުފަޅު ހިއްކައި ނުނިމުނު

Feb 24, 2026, 5:38 AM
ގިރާވަރުފަޅު ވައަތުގައި: މުއިއްޒު ވިދާޅުވެފައި އޮތީ މާދަމާގެ ނިޔަލަށް އެ ތަން ހިއްކައި ނިމޭނެ ކަމަށް -- ފޮޓޯ: ސެޓެލައިޓް

ގިރާވަރުފަޅު ވައަތުގައި: މުއިއްޒު ވިދާޅުވެފައި އޮތީ މާދަމާގެ ނިޔަލަށް އެ ތަން ހިއްކައި ނިމޭނެ ކަމަށް -- ފޮޓޯ: ސެޓެލައިޓް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށްޓަކައި ހިއްކަމުން އަންނަ ގިރާވަރުފަޅު ހިއްކައި ނިންމަން ރައީސް މުހައްމަދު މުއިއްޒު ދެއްވި ތާރީހުގައި އެ ތަން ހިއްކައި ނިންމޭ ގޮތެއް ނުވި އެވެ.

ނޮވެމްބަރު 25، 2025، ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދޭއް ނުވަތަ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުފަޅު އެއްކޮށް ހިއްކައި ނިންމައިލެވޭނެ ކަމަށެވެ.

ގިރާވަރުފަޅު ހިއްކަން ރައީސް ދެއްވި ސުންގަޑި ހަމަވާނީ މާދަމާއަށެވެ. އެކަމަކު، މިދިޔަ ބުރާސްފަތި ދުވަހު ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިރާވަރުފަޅުގެ އެންމެ ފުން ސަރަހައްދު އަދިވެސް އޮތީ ނުހިއްކަ އެވެ.

އޭގެ އިތުރުން، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް އަލުން ގޯތީގެ ގުރު ނެގުމަށްފަހު ރަޖިސްޓްރީ ހަވާލު ކުރަން ފަށާނެ ކަމަށް ވެސް ސަރުކާރުން އޮތީ ބުނެފަ އެވެ. ގިރާވަރުފަޅުގެ ގުރު ނެގީ ޖެނުއަރީ 31، ގަ އެވެ. އެކަމަކު އަދިވެސް ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަން ނުފަށަ އެވެ.

ގިރާވަރުފަޅާއެކު ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ފެށި އެވެ. އެ ތަން ވަނީ ހިއްކައި ނިންމައިފަ އެވެ. އެ ތަންތަން ހިއްކަން ފެށީ ލޯކަލް ކައުންސިލުގެ އިންތިހާބާ ދިމާކޮށެވެ.

ގިރާވަރުފަޅުން ހިއްކަނީ 219 ހެކްޓަރެވެ. އެއީ މި ސަރުކާރުން އެ ޕްރޮޖެކްޓަށް އިތުރު ކުރި 50 ހެކްޓަރު ހިމަނައިގެންނެވެ. ގިރާވަރުފަޅު ހިއްކައި ނިމުމުން އެ ރަށުން 4072 ގޯތި ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ މުޅިން ވެސް ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox