ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކް 2025 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކުރެވެ އެވެ. އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ވެސް މިހާރު ޗެކް ކުރެވެ އެވެ.
އެޕްލިކޭޝަން ހުށަހަޅާތާ ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޖަވާބު ލިބޭނެ ކަމުގެ ޔަގީންކަން ވިލާ ކޮލެޖުން ވަނީ ދީފަ އެވެ.
ޖެނުއަރީ އިންޓޭކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅޭނީ ޑިސެމްބަރު 21، ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް އެ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސްގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓްގެ 26 ކޯހަކާއި، ޑިގްރީގެ 48 ކޯހަކާއި، ޑިޕްލޮމާގެ 50 ކޯހަކާއި ފައުންޑޭޝަންގެ 17 ކޯހެއްގެ އިތުރުން ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ އެއް ކޯހެވެ.

އެ ކޯސްތަކުގެ ތެރޭގައި ވިލާގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިބާޖާޔާ އަދި ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމަތައް ހިމެނެ އެވެ.
އަންނަ އަހަރު ވިލާ ކޮލެޖުން ޕްރޮގްރާމްތައް ފަށާ ދާއިރާތައް:
- އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިންގް (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާލީ ޗަޔަލްޑްހުޑް އެޑިއުކޭޝަން ޕްރައިމަރީ، އިސްލާމް، ގުރްއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން.
- ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާރކެޓިން، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، ހިއުމަން ރިސޯސް،
- މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައަރިން, ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް.
- އިންޖިނިއަރިން އަދި އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، ޑާޓާ ސައިންސް
- ކަލިނަރީ އާޓްސްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްއިން މާސްޓާސް ލެވެލްއަށް ޕްރޮގްރާމްތައް.
ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯޓްސްމޯތް ޔުނިވާސީޓީން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.
މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯޓްސްމޯތް ޔުނިވާސީޓީއަށް ގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެ އެވެ. އަދި ދެ އަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ތިން ވަނަ އަހަރުގައި ބައިވެރިވެވޭނެ އެވެ.
މާސްޓާ އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމަކީ މެލޭޝިއާގެ ސައިބާޖާޔާ ޔުނިވަރސިޓީގެ ޕްރޮގްރާމެކެވެ.
މާސްކޮމިއުނިކޭޝަން، ކަލިނަރީ މެނޭޖްމަންޓް، އަދި ހޮސްޕިޓަލިޓީ މެނޭޖްމަންޓްގެ ދާއިރާއިން ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ޓެއިލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނިފައިވާއިރު، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ފެންވަރާއި މާސްޓާސް ފެންވަރުގެ 15 ޕްރޮގްރާމް ހިމެނިފައިވެ އެވެ.
ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއް ވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފަ އެވެ.
ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.
ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި މަންތުލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެ އެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް ވެސް ކިޔެވޭނެ އެވެ.
ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ ވައިސްރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ ކޮޖުން ނިކުންނަ ގްރެޖުއޭޓުންނަކީ އިލްމީގޮތުން ހުނަރުގެ ގޮތުން އަދި މަސައްކަތުގެ އަހްލާގީ މިންގަޑުން ބެލިކަމުގައި ވިޔަސް ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ގާބިލް ބަޔަކަށް ހެދުން ކަމަށެވެ.
"ކިޔަވައިދިނުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ. މިހާރު ވެސް ވިލާ ކޮލެޖުގައި ކިޔަވައިނުމުގައި އޮގްމެންޓެޑް ރިއަލިޓީ، ވާޗުއަލް ރިއަލިޓީ އަދި އެކްސްޓެންޑެޑް ރިއަލީ ފަދަ ޒަމާނީ ވަސީލަތްތައް ފުޅާ ދާއިރާއެއް ބޭނުން ކުރޭ،" ޑރ. އަލީ ނަޖީބު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި އެކި ދާއިރާތަކަށް ހާއްސަކޮށްގެން 11 ލެބް ގާއިމް ކުރެވިފައިވާ ކަމަށާއި އަންނަ ޖެނުއަރީ އިންޓޭކް ފެށޭއިރު ސައިކޮލޮޖީ ލެބް, ބްރެއިން ލެބަކާ އެކު އިތުރަށް ފުޅާ ކުރެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ވިލާ ކޮލެޖަކީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވާސީޓި ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއުއެސް ރޭޓިންގްގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ.
މި ގޮތުން ވިލާ ކޮލެޖު ވަނީ ކިއުއެސް ސްޓާ ރޭޓިންގައި ތިން ދާއިރާއަކުން ފަސް ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީ، އޮންލައި ލާނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ.













