ޔުނައިޓެޑުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި އެންތަނީ ހިމަނައިފި

Oct 31, 2024, 3:58 AM
ޔުނައިޓެޑުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި އެންތަނީ ހިމަނައިފި

މެންޗެސްޓާ (އޮކްޓޫބަރު 31) - މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ވިއްކާލާނެ ކުޅުންތެރިންގެ ލިސްޓު ތައްޔާރުކުރިއިރު، އެ ޓީމުން އަގުބޮޑުކޮށް ގަތް ބްރެޒިލްގެ އެންތަނީ ހިމަނައިފި އެވެ.

އަޔަކްސް އިން މީގެ ދެ އަަހަރު ކުރިން ޔުނައިޓެޑުން އެންތަނީގެ ސޮއި ހޯދީ 100 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ. މިއީ، ޕައުލް ޕޮގްބާގެ ޓްރާންސްފާ އަށް ފަހު ޔުނައިޓެޑުން ދެ ވަނަ އަށް ކުރި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އެކަމަކު، އެ އަގުގެ ކުޅުންތެރިއަކު ދައްކަން ޖެހޭ ކުޅުމާ ގާތަށް ވެސް އެންތަނީ އަށް އަދި ޔުނައިޓެޑްގައި ނުކުޅެވެ އެވެ. އެހެންވެ، ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ޔުނައިޓެޑުން އެންތަނީ ގަތީ އެ ޓީމުން ދާދި ފަހުން ވަކިކުރި ކޯޗު އެރިކް ޓެން ހާގްގެ ލަފާގެ މަތިންނެވެ. ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ޓެން ހާގަށް ކުރިއަށް ނުދެވުނު އެންމެ ބޮޑު ސަބަބަކީ ބޮޑު ހޭދަތަކެއް ކޮށްެގެން ވެސް އެ ކްލަބްގެ އަސްލު ލެވަލާ ހަމައަށް ދެވޭނެ ކަމުގެ މިސްރާބެއް ވެސް ނުފެންނާތީ އެވެ. އޭގެ ތެރޭގައި، އެންތަނީ ފަދަ ކުޅުންތެރިންނަށް ކުރި ހޭދަޔާ އެއްވަރަށް ނުކުޅެވުމުގެ ޕްރެޝަރުތައް ވެސް ޓެން ހާގަށް ކުރިމަތިލާން ޖެހުނެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން ބަލަނީ 50 މިލިއަން ޑޮލަރަށް އެންތަނީ ވިއްކާލެވޭނަމަ އެ ޑީލް ކުރިއަށްގެންދާށެެވެ. އަދި އެ އަގުގައި ގަންނާނެ ޓީމެއް ޖެނުއަރީ ޓްރާންސްފާގައި ނުލިިބިއްޖެނަމަ، އޭނާ ލޯނަކަށް ދޫކޮށްލަން ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެެވެ.

އެންތަނީ ހޯދަން ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކާއި އިޓަލީ، ނެދަލެންޑްސް އަދި ސައުދީ އަރަބިއްޔާގެ ޓީމުތަކުން މަސައްކަތްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox