ރައީސް މުއިއްޒު މަސައްކަތް އެކުރަނީ ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނަން: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް: ކަންތައް މިކުރަނީ ގޯސްކޮށް، ރައްޔިތުން ނިކުމެ ދެކޮޅު ހަދަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް: ކަންތައް މިކުރަނީ ގޯސްކޮށް، ރައްޔިތުން ނިކުމެ ދެކޮޅު ހަދަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ގާނޫނުއަސާސީގައި އެކަށައަޅާފައިވާ ދައުލަތް ހިންގުމުގެ ނިޒާމު ހަރާބުވާ ގޮތަށް ގާނޫނުތައް އިސްލާހު ކުރަނީ ދިގު މުއްދަތެއްގައި ވެރިކަމުގައި ހުންނަން ރައީސް މުއިއްޒު ބޭނުންވާތީ ކަމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސް ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް ގާނޫނަށް ގެންނަ ބަދަލާ ގުޅޭ ގޮތުން، ނާޒިލް "އަދަދު" ނޫހަށް ވިދާޅުވީ އެ ބަދަލު ގެންނަނީ ކޮމިޝަންތަކަށް ނުފޫޒު ފޯރުވަން ކަމަށާއި އެއީ މިހާރު އޮތް އިތުބާރުގެ މިންވަރު އެއްކޮށް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

"އޭރުގައި އޮންނަ އިލެކްޝަންސް ކޮމިޝަނަކާ މެދު ޝައްކު އުފެދިއްޖިއްޔާ އެ ހިސާބުން ރައްޔިތުންގެ ވޯޓުގެ ސައްކަން ގެއްލި ދިޔައީ. އެ ހިސާބަށް ދާންދެން ބަލަން ތިބެންވީތޯ. ބަލަން ތިބެއްޖިއްޔާ އަޅުގަނޑުމެންނަށް އަނބުރާ މިހާރު މި ހުރި ހިސާބަށް ގެންނަން ޒަމާންތަކެއް ނަގާނެ،" ނާޒިލް ވިދާޅުވި އެވެ.

އިންތިހާބުތަކާ ކުޅުމަކީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ މާޒީގައި އޮތް ކަމެއް ކަމަށާއި އަވަސް އަރުވާލައިގެން ކޮމިޝަންތަކުގެ ގާނޫނުތައް ބަދަލު އެ ކުރަނީ އެ މަގަށް ގެންގޮސް ހުދުމުހުތާރުވުމަށް ކަމަށް ނާޒިލް ވިދާޅުވި އެވެ.

"މިހާރު ކަންތައްތައް މި ކުރަނީ ވަރަށް ދެރަވަރުކޮށް. ރައްޔިތުން ނިކުމެ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ،" ނާޒިލް ވިދާޅުވި އެވެ.

މިހާރު ގާނޫނުއަސާސީގައި ލިޔެފައިވާ ގޮތުން އެކަކަށް ރައީސްކަމުގައި ހުންނެވޭނީ ގިނަވެގެން ފަސް އަހަރުގެ ދެ ދައުރެވެ.

އިސްލާހީ ހަރަކާތްތެރީން ދަލާއި ލޭ އޮހޮރުވައިގެން ހޯދި ޑިމޮކްރަސީ އާއި ހައްގުތަކާއި މިިނިވަންކަން ގެއްލޭ ގޮތަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ރައީސް މުއިއްޒު ހުށަހެޅުއްވުމުން އެކަމާ ދެކޮޅަށް އަޑު އުފުލަން، އެމްޑީޕީން މިއަދު މަޖިލިސް ކައިރީ މުޒާހަރާ ކުރަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox