ގުޅީފަޅު ގުރު: ގޯތި ލިބުނު މީހުންނަށް ގުރު ނަގައިދެނީ ސަރުކާރުގެ އޮފިޝަލުން!

Oct 29, 2024, 4:52 AM
ޕްލޮޓު ނަންބަރު ޖަހާފައި ހުރި ގަނޑުކޮޅުތައް ފޮއްޓަށް އަޅަނީ: އަމިއްލައަށް ގުރު ނަގަން ނުލިބޭތީ ގިނަ ބަޔަކު ހިތްހަމަނުޖެހޭ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ޕްލޮޓު ނަންބަރު ޖަހާފައި ހުރި ގަނޑުކޮޅުތައް ފޮއްޓަށް އަޅަނީ: އަމިއްލައަށް ގުރު ނަގަން ނުލިބޭތީ ގިނަ ބަޔަކު ހިތްހަމަނުޖެހޭ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ޕްލޮޓުތައް ބަހަން މިއަދު ގުރު ނަގާއިރު، ގޯތި ލިބުނު މީހުންގެ ބަދަލުގައި ސަރުކާރުގެ އޮފިޝަލުން ގުރު ނަގަން ހަމަޖައްސައިފި އެވެ.

ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ޕްލޮޓުތައް ހަމަޖައްސައި ކުރިން އޮތީ ގޯތީގެ ރަޖިސްޓްރީ ވެސް ދީފަ އެވެ. އެކަމަކު، މި ސަރުކާރުން ވަނީ އެ ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނެސްފަ އެވެ. ގޯތި ލިބުނު މީހުންނަށް ލިބޭ ޕްލޮޓު އަލުން ކަނޑައަޅަންޖެހެނީ އެހެންވެ އެވެ.

ގުރު ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ޕްލޮޓު ނަންބަރު ޖަހާފައި ހުރި ކަރުދާސްކޮޅުތައް އަޅާފައި ހުރީ ބިއްލޫރި ފޮއްޓެއްގެ ތެރެއަށެވެ. އެ ފޮށީގެ ތެރެއިން ކަރުދާސްކޮޅު ނަގާނީ ސަރުކާރުގެ އޮފިޝަލެކެވެ. ގޯތި ލިބޭ މީހުން ތިބެންޖެހެނީ ބަލާށެވެ.

ފޮށިން ކަރުދާސްކޮޅު ނަގާނީ ސަރުކާރުގެ އޮފިޝަލުން ކަމެއް ކުރިން ހާމައެއް ނުކުރެ އެވެ. އެހެންވެ ގުރު ނަގަން މިއަދު ގޮސް ތިބި ބައެއް މީހުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހުމުން އޮފިޝަލުން ބުނަނީ، ގުރު ނެގުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި ޓީވީއިން ވަގުތުން އެ މަންޒަރު ބްރޯޑްކާސްޓު ކުރާނެ ކަމަށެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ތިން ފަހަރަކު ބަދަލު ކުރި އެވެ. އެންމެ ފަހުން ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ ގުރު ނަގަން 24 ގަޑިއިރަށް ވެފައި ހުއްޓައި އިއްޔެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox