އީއެލްއެސް ލިޔޯއިން ޕްރީކާސްޓް މޮޑިއުލާ ހައުސިން ރާއްޖެއަށް ތައާރަފުކޮށްފި

ޕްރީކާސްޓު މޮޑިއުލާ ހައުސިން ރާއްޖެއަށް ތައާރަފު ކުރުމަށް އީއެލްއެސް ލިޔޯއިން ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތު: ފޮޓޮއިން އެ ފެންނަނީ މި މޮޑެލްގެ ދަށުން ހިންމަފުށީގައި ރާވާފައިވާ ގެޔެއް -- ފޮޓޯ: އަދަދު

ޕްރީކާސްޓު މޮޑިއުލާ ހައުސިން ރާއްޖެއަށް ތައާރަފު ކުރުމަށް އީއެލްއެސް ލިޔޯއިން ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތު: ފޮޓޮއިން އެ ފެންނަނީ މި މޮޑެލްގެ ދަށުން ހިންމަފުށީގައި ރާވާފައިވާ ގެޔެއް -- ފޮޓޯ: އަދަދު

އެންމެ ހަތަރު މަސްދުވަސް ތެރޭގައި ފަރުމާކޮށް ބިނާކޮށް އިމާރާތް ނިންމައިލެވޭ ޕްރީކާސްޓު މޮޑިއުލާ ހައުސިން އީއެލްއެސް ލިޔޯއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އެ ޔުނިޓުތައް ތައާރަފު ކުރީ ކ. ހިންމަފުށީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޕްރީކާސްޓު މޮޑިއުލާ ހައުސިން ޔުނިޓުތަކަކީ ހިންމަފުށީގައި ހުންނަ އީއެލްއެސް ލިޔޯ ކުންފުނީގެ ކާރުހާނާގައި ތައްޔާރު ކުރާ ހެބިޓެކް ބްލޮކްސްއިން ރާވާ ޔުނިޓުތަކެކެވެ. ބޭނުން ޑިޒައިނަކަށް އެ ޔުނިޓުތައް ތައްޔާރު ކޮށްދީ ރާވައި ދެނީ އެކުންފުނިންނެވެ.

Advertisement

އީއެލްއެސް ލިޔޯ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮޖިސްޓިކްސް ވިޔަފާރި ކުރާ ލިޔޯ ޓްރޭޑިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނިން ބުނީ މި ހައުސިން ސޮލިއުޝަނަކީ އަމިއްލަ ގެ އިމާރާތް ކުރުމުގެ އިތުރުން ގެސްޓު ހައުސް އާއި ހޯމްސްޓޭ ފަދަ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ލިބިގެންދާ އަގުހެޔޮ ހައްލެއް ކަމަށެވެ.

"ހިންމަފުށީގައި ގާއިމު ކުރެވިފައިވާ އަޅުގަނޑުމެންގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާ ފެކްޓަރީގައި އުފައްދައި އިންސްޓޯލް ކުރެވޭ އިންގިލާބީ ހައުސިން ހައްލު، ދިވެހިރާއްޖޭގެ މޫސުމާއި ތިމާވެށްޓަސް އެންމެ އެކަށީގެންވާ އިގުތިސާދީ ގޮތުން ފައިދާ ހުރި އަދި ދިވެހި މުޖުތަމައުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ހައުސިން އޮޕްޝަނެއް، ތިމާވެށްޓާ ރައްޓެހި ހަކަތަ ޒިންމާދާރު ގޮތެއްގައި ބޭނުން ކުރެވޭ އަދި ދެމެހެއްޓެިވި ތަރައްގީގެ އަމާޒުތަކާ އެއްގޮތް ވާގޮތުގެ މަތިން ފަރުމާ ކޮށްފައިވާ ނަމޫނާ މަޝްރޫއެއް،" ލިޔޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސަވާދު ވިދާޅުވި އެވެ.

ހެބިޓެކް ބްލޮކްސް ސިސްޓަމް ބޭނުން ކޮށްގެން ރާވާ ގެއެއްގެ އިންޓީރިއާ ޑިޒައިނިން ހަދާއިރު، ފާރުތަކުގައި ޕްލާސްޓަރިންގެ އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. އަދި މި ސިސްޓަމް ބޭނުން ކޮށްގެން ރާވާފައި ހުންނަ ގެއެއްގެ ތަނބުތަކާއި ބީމްތައް ފެންނާކަށް ނުހުންނާނެ އެވެ. އެހެންކަމުން ފަރުނީޗަރު އެތުރުމާއި އެހެނިހެން ބޭނުންތަކަށް އެތެރޭގައި އޮންނަ ޖާގަ ވަރަށް ބޮޑުވާނެ އެވެ.

އޭގެ އިތުރުން މި ސިސްޓަމަކީ ހަރަދު ކުޑަވުމާއެކު މަސައްކަތް ވަރަށް ބޮޑަށް އަވަސް ވެގެންދާ ގޮތަށް ފަރުމާ ކޮށްފައިވާ ސިސްޓަމެކެވެ. ހެބިޓެކް ބްލޮކްސް ސިސްޓަމް ބޭނުން ކޮށްގެން ތިން ބުރީގެ އިމާރާތް ކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox