މުސާރަތައް ކުޑަކުރާއިރު ޕްރޮފެޝަނަލް ކެޓެގަރީތަކުގެ މުވައްޒަފުން އިސްތިސްނާ ވާނެ: ފިނޭންސް

ިފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަނީ: މާލިއްޔަތު ކޮމިޓީގައި ޒަމީރު ވިދާޅުވީ ޕްރޮފެޝަނަލް ކެޓެގަރީގެ މުވައްޒަފުންގެ މުސާރަތައް އިސްތިސްނާ ކުރަން ރައީސް ހުއްދަ ދެއްވާފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ިފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަނީ: މާލިއްޔަތު ކޮމިޓީގައި ޒަމީރު ވިދާޅުވީ ޕްރޮފެޝަނަލް ކެޓެގަރީގެ މުވައްޒަފުންގެ މުސާރަތައް އިސްތިސްނާ ކުރަން ރައީސް ހުއްދަ ދެއްވާފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކުގެ 10 ޕަސެންޓު ކުޑުކުރާއިރު، އެ ތަންތަނުގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް މުވައްޒަފުން އިސްތިސްނާ ވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ކުންފުނިތަކުގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ކެޓެގަރީތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރޭތޯ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، އެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށާއި އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހުއްދަ ދެއްވާފައިވާ ކަމަށެވެ.

"[މުސާރަތައް ކުޑަކުރާއިރު] ޕްރޮފެޝަނަލް ކެޓަގަރީސްތައް އިސްތިސްނާ ވާނެ. އެއީ އަޅުގަނޑުމެން އެކްރޮސް ދަ ބޯޑު ނެގި ކަމުގައި ވިޔަސް، ބައެއް ކަހަލަ އިންޖިނިއަރުންނާއި ބައެއް ކަހަލަ މީހުންނަކީ އެއީ އަޅުގަނޑުމެންނަށް، މިސާލަކަށް ސެލަރީ ދަށްކޮށްފި ކަމަށް ވެއްޖިއްޔާ، އެ މީހުންނަށް އެެއަށް ވުރެ ބެޓާ އޮޕްޝަންސް އޮވެއްޖެއްޔާ، ގޮސްފި ކަމަށް ވެއްޖެއްޔާ އެ ކުންފުނިތައް ހިންގަން އުނދަގޫވާނެ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިިނިސްޓަރު މިކަންކަން ސާފުކޮށްދެއްވިއިރު، ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ ބައެއް ޕްރޮފެޝަނަލް ކެޓެގަރީތަކުގެ މުވައްޒަފުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. މީގެ ތެރޭގައި ޕައިލެޓުންނާއި އިންޖިނިއަރުންނާއި ބޮޑު މުސާރަ ލިބޭ ޓެކްނިކަލް މަސައްކަތްތައް ކުރާ ބައެއް މުވައްޒަފުން ސޯޝަލް މީޑިއާގައި ވެސް މި ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނިކުރަން ރައީސް އަންގަވާފައިވާއިރު، އެމަނިކުފާނު ކުރެއްވި އިއުލާނުގައި އެ ބަދަލުން އިސްތިސްނާ ކުރީ 12،000ރ. އިން ދަށުން މުސާރަ ލިބޭ މުވައްޒަފުންނާއި ބޭންކުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަންޏެވެ. އަދި ކުންފުނިތަކުގެ ވެރީންނަށް ދެވޭ އެންމެ ބޮޑު މުސާރައެއްގެ ގޮތުގައި ނިންމެވީ 90،000ރ. އެވެ.

ކުންފުނިތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް އެ ފަރާތްތަކުގައި އެދެން ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، މި ބަދަލުތައް ހިމަނައިގެން މުސާރަ ހަރަދު ކަނޑައެޅުމަށެވެ. މި ބަދަލާއެކީގައި ބަޖެޓުން ހަރަދު ކުޑަވާނެ ވަރެއް އެނގޭނީ އަންނަ އަހަަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުންނެވެ. މި ބަޖެޓު ހުށަހަޅާނީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox