ގާނޫނުތައް ބަދަލުކޮށްގެން ރައީސް އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އޭސީސީ އާއި އީސީގެ ރައީސުން އައްޔަނު ކުރުމުގެ ބާރު ރައީސް އަށް ދޭން ކުރާ މަސައްކަތް ހުއްޓާލަން އެ ޕާޓީން ވަނީ ގޮވާލާފަ ---- ފޮޓޯ: އަދަދު

އެމްޑީޕީގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އޭސީސީ އާއި އީސީގެ ރައީސުން އައްޔަނު ކުރުމުގެ ބާރު ރައީސް އަށް ދޭން ކުރާ މަސައްކަތް ހުއްޓާލަން އެ ޕާޓީން ވަނީ ގޮވާލާފަ ---- ފޮޓޯ: އަދަދު

އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް, އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ އަށް ސީދާ ރައީސް ގެ ބާރު ފޯރުވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ދެ ބިލެއް ފޮނުވީ އިއްޔެ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބިލްތަކަކީ ގާނޫނުއަސާސީން އެކުލަވާލާފައިވާ ފާރަވެރިވުމުގެ ނިޒާމު ފުނޑާލާ، ބާރުތައް އެއްކޮށްލުމަށް މި ސަރުކާރުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށާއި މިކަން ކުށްވެރި ކުރާ ކަމަށެވެ.

Advertisement

އީސީ އަދި އޭސީސީ އަކީ މިނިވަން މުސްތަގިއްލު ދެ ކޮމިޝަން ކަން ގާނޫނު އަސާސީން ކަނޑައަޅާފަ އޮންނަ އޮތުން މި އިސްލާހާއެކު ނިމިގެންދާނެ ކަމަށްވެސް އެމްޑީޕީން ސިފަކޮށްފައިވެ އެވެ.

"އެ ކޮމިޝަންތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލާ މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބަޔަކަށް ހެދުމަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވުމުގެ ނާތަހުޒީބު އަމަލެއް. އަދި އެއީ ޑިމޮކްރެސީގައި ދިވެހިން މިކުރާ ދަތުރުގައި، އެތައް ބައެއްގެ މިންނެތް މަސައްކަތުން އެކަށައެޅި ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ދެ ކޮމިޝަނުގެ ވެރިންނަކީ އެ މުއައްސަސާތަކުގެ އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ފަރާތްތައް ކަމަށާއި ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓުން އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެވޭ ގޮތަށް އޮތް މާއްދާތައް ބަދަލުކުރަނީ ސަރުކާރުން މި ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލައި ސިޔާސީ ނުފޫޒު ފޯރުވުމަށް ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

މިއީ ސަރުކާރުން މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީގެ ނަހަމަ ބޭނުން ހިފާ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސް އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި އެކަން ވަގުތުން ވަގުތައް ހުއްޓާލަން ޖެހޭ ކަމަށްވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ދެ ގާނޫނު ވެސް ބަދަލުކުރަނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ގޮތަށެވެ. އެ މަގާމުތަކަށް އައްޔަނު ކުރާ މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ވެސް ދެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން މަގާމުން އިސްތިއުފާ ހުށަހަަޅަން ޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ހުށަހަޅާފައިވާ ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox