އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް ރޭ ދެ ބޭފުޅަކު އައްޔަނުކޮށްފި އެވެ.
ރޭ އޮތް އެ ޕާޓީގެ 36 ވަނަ މަޝްވަރާ މަޖިލީހުގެ ޖަލްސާއިން އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަނުކުރީ އަބްދުﷲ ރަޝީދު އާއި މުހައްމަދު ޝިފާން އެވެ.
އަދާލަތު ޕާޓީގެ ރައީސް އަކީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އެ މަޖިލީހުން ވަނީ އަދާލަތު ޕާޓީގެ ހަޒާންދާރުގެ މަގާމަށް ހުސައިން އަންސާރު އައްޔަނު ކުރަން ވެސް ފާސްކޮށްފަ އެވެ.
8512 މެންބަރުން ހިމެނޭ އަދާލަތު ޕާޓީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރެޖިސްޓަރީ ކުރި އެއް ޕާޓީ އެވެ.













