އިޒްރޭލުގެ ހަމަލާގައި އިރާނުގެ ހަތަރު ސިފައިން މަރުވި

އިޒްރޭލުން އިރާނަށް ހަމަލާދިނުން: ހަމަލާގައި އިރާނުގެ ހަތަރު ސިފައިން ވަނީ މަރުވެފައި -- ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުން އިރާނަށް ހަމަލާދިނުން: ހަމަލާގައި އިރާނުގެ ހަތަރު ސިފައިން ވަނީ މަރުވެފައި -- ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުން އިރާނުގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އިރާނުން ބުނެފި އެވެ.

އިރާނުން ބުނީ އެ ހަތަރު ސިފައިންނަކީ އިރާނުގެ އެއާ ޑިފެންސްގައި މަސައްކަތް ކުރަމުންދިޔަ ސިފައިން ކަމަށާއި ރާޑާ ސިސްޓަމްތަކަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށެވެ.

އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް ވަނީ ނާކާމިޔާބުވެފަ އެވެ. ބައެއް ތަންތަނަށް އެކަމަކު ހަމަލާތައް އަމާޒުވި އެވެ.

Advertisement

ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުން ހަމަލާ ދީފައި ވަނީ އިރާނުގެ ތިން ޕްރޮވިންސެއްގައި ހިމެނޭ 20 ތަނަކަށެވެ.

މިއީ އިޒްރޭލުން ހާމަކަން ބޮޑު ގޮތެއްގައި އިރާނަށް ހަމަލާދިން ފުރަތަމަ ފަހަރެވެ.

އިޒްރޭލުން އިރާނަށް ހަމަލާ ދިނީ އޮކްޓޯބަރު 1، ގައި އިރާނުން އިޒްރޭލަށް ފޮނުވާލި 200 މިސައިލުގެ ރައްދުގަ އެވެ. އެ ހަމަލާގައި އިޒްރޭލުގެ އަސްކަރީ ގިނަ ތަންތަނަށް ބޮޑެތި ގެއްލުންތަކެއްވި އެވެ.

އިރާނުން ވަނީ އިޒްރޭލުގެ ހަމަލާތަކުގެ ރައްދުގައި ހަމަލާ ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އިޒްރޭލުން ވަނީ އިރާނުން ހަމަލާ ނުދިނުމަށް ވެސް އިންޒާރު ދީފަ އެވެ.

މެދުއިރުމަތީގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާއިރު އިޒްރޭލުން ދަނީ މެދުނުކެނޑި ފަލަސްތީނުގެ ގާޒާ އާއި ލުބްނާނަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.

އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓާލަން ގިނަ ގައުމުތަކުން ގޮވާލި ނަމަވެސް، އެ ގޮވާލުންތަކަށް އިޒްރޭލުން އިޖާބަ ދީފައެއް ނުވެ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޖަރުމަން ފަދަ ބޮޑެތި ގައުމުތަކުން ދަނީ އިޒްރެލަށް ވާގިވެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox