ބޭރު ފައިސާ ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތަކުން އަވަހަށް ރެޖިސްޓަރީވާން އެމްއެމްއޭގެ އިލްތިމާސްއެއް

އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު -- ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު -- ފޮޓޯ: އެމްއެމްއޭ

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭއިން އެކުލަވައިލި އާ ގަވާއިދުގެ ދަށުން ވީހައިވެސް އަވަހަކަށް ރެޖިސްޓަރީވުމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކަށް އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ވީހައިވެސް އަވަހަކަށް އާ ގަވާއިދުގެ ދަށުން ރެޖިސްޓަރީވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އާ ގަވާއިދުގެ ދަށުން ރެޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްއޭގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓަތީ ވެވޭނެ އެވެ. އެމްއެމްއޭގައި ރެޖިސްޓަރީ ވުމުގެ އެންމެ ފަހު ދުވަހަކީ އޮކްޓޫބަރު 30 އެވެ.

މިމަހުގެ އެއްވަނަ ދުވަހު އެމްއެމްއޭއިން އިއުލާނު ކުރި ގަވާއިދުގައި ވާގޮތުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާއިންނެވެ. މިހެން ނަމަވެސް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކަށް ގިނަ އިސްތިސްނާތަކެއް އެ ގަވާއިދުގެ ތެރެއިން ލިބިފައިވެ އެވެ.

އޭގެ އިތުރުން އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ހުރިހާ ފައިސާއެއް ޖަމާކުރުމަށާއި އެ އިދާރާއަށް ރިޕޯޓުކުރަން ވެސް ހަމަތަކެއް ކަނޑައަޅާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ތަފުސީލުތައް އެ އޮތޯރިޓީއަށް ހުށަހެޅުމާއި ކަނޑައެޅިފައިވާ މުއްދަތުގެ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރުން ނުވަތަ ޓްރާންސްފާ ކުރުމެވެ. މިގޮތުން ގިނަވެގެން ލިބެނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ހުރިހާ ފައިސާއެއް ބޭންކުތަކަށް ޖަމާކުރަން މަޖުބޫރުކޮށްފައިވާއިރު، މާރުކުރަން ޖެހެނީ ވަކި އަދަދެކެވެ. އެއީ ޓޫރިސްޓުން ރިސޯޓުތަކާއި އިންޓެގްރޭޓަޑް ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ހޮޓާތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުތަކާއި އެ ނޫން ވެސް އެ ފަދަ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރެވެ. މި ރޭޓުގައި ކޮންމެ މަހެއްގައި އަންނަ ޓުރިސްޓުންނަށް ޖެހޭ އަދަދު ބޭންކުން މާރުކުރަން މަޖުބޫރެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން މާރުކުރަން ޖެހެނީ ޓޫރިސްޓަކަށް 25 ޑޮލަރު ރޭޓުންނެވެ.

މިގޮތަށް މަޖުބޫރުކޮށްފައި އޮތަސް، ބޭރު ފައިސާއިން ޓެކްސް ދެއްކުމަށާއި ލޯނުތައް އަދާކުރުމަށާއި ނޫނީ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެއްގެ ދަށުން ބޭރު ފައިސާ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭއަށް ހުށަހަޅައިގެން މާރުކުރުމުގެ އިސްތިސްނާއެއް ހޯދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox