ހޭންޑްބޯލް އެސޯސިއޭޝަންގެ މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަން އަށް

Oct 24, 2024, 5:57 PM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ހޭންޑްބޯލް މޯލްޑިވްސްގެ އިސް ވެރިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ހޭންޑްބޯލް މޯލްޑިވްސްގެ އިސް ވެރިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަން، ހޭންޑްބޯލް މޯލްޑިވްސްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެ ގޮތުން، އާންމު ފަރާތަކުން، އޭސީސީ އަށް މައްސަލަ ހުށަހަޅާފައި މި ވަނީ ދާދި ފަހުން ހިޔާނާތުގެ މައްސަލައެއްގައި މަގާމުން ވަކިކުރި ހޭންޑްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަބްދުﷲ އަންވަރު އާއި އެސޯސިއޭޝަންގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ)އާ ގުޅޭ މައްސަލައެކެވެ.

އެނގިފައިވާ ގޮތުގައި، އަންވަރާ ގުޅޭގޮތުން ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައިގައި، އެސޯސިއޭޝަނުން ފިޔަވަޅު އަޅާފައިވަނީ ހެކި ވެސް ހޯދުމަށް ފަހު އެވެ. އަދި އެސޯސިއޭޝަންގެ އިތުބާރު ހިފޭ މަގާމެއްގައި ހުރެ، އެ ފަދަ އަމަލެއް ކޮށްފައިވާތީ، ވަގުތުން ވަގުތަށް ފިޔަވަޅު އަޅައި، އެސޯސިއޭޝަން ހިންގުމުގައި ކަންކަން ރަނގަޅު ކުރަން އިސްނެގީ އެވެ.

އެ ގޮތުން، ވަކިކުރި ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުގެ 500،000 އެއްހާ ރުފިޔާ އަށް ހިޔާނަތްތެރިވި މި މައްސަލަ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި މި ކަމަށް އަންވަރުގެ އެއްބާރުލުން ލިބޭ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، މުޖުތަބާގެ މައްޗަށް އެޑްވާންސަށް ގިނަ މަސްތަކެއްގެ މުސާރަ އަށް ވާ ފައިސާ ނެގި ކަމުގެ ތުހުމަތު ކުރެވޭއިރު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ހޭންޑްބޯލް މޯލްޑިވްސް އަކީ ސަރުކާރުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މި ފަހަރު އެންމެ މޮޅު އެސޯސިއޭޝަންގެ އެވޯޑް ލިބުނު އެސޯސިއޭޝަން އެވެ. މީގެ ކުރިން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ މައްސަލައެއް ވެސް މި ވަގުތު އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުން ކޮރަޕްޝަން މަދުކުރުމުގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން، "ޕްރޮމޯޓިން އެންޓި ކޮރަޕްޝަން އޮނެސްޓީ އެންޑް އެކައުންޓަބިލިޓީ އިން ސްޕޯޓްސް - ޕަޗަސް" ގެ ނަމުގައި މިދިޔަ ޖުލައި މަހު ކެމްޕެއިނެއް ފެށި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން މީގެކުރިން ބަލާފައިވާއިރު، ޕޮލިހުން މިހާރު ވެސް އަންނަނީ އެފްއޭއެމްގެ މާލީ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox