ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ޣަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް

Oct 24, 2024, 12:36 PM
ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ޓެކްސްއެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝަރުތުހަމަވޭތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިންޓަވިއުކުރަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ޓެކްސްއެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝަރުތުހަމަވޭތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިންޓަވިއުކުރަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ އެ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހަތަރު މަގާމަށް އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދިން ހަތަރު ބޭފުޅުންގެ ތެރޭގައި ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުން 2019 ވަނަ އަހަރު ވަކިކުރި އަބްދުލް ޣަނީ މުހައްމަދު ހިމެނިއްޖެ އެވެ.

ލޭބަ ޓްރައިބިއުނަލަށް ހަތަރު ބޭފުޅަކު އައްޔަންކުރުމަށް އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ 13 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓްގައި ޣަނީގެ ނަން އޮތީ ނުވަ ވަނައިގަ އެވެ.

އެހެން ނަމަވެސް އެ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މ އިންޓަވިއުކުރުމަށް ފަހު އެންމެ މަތީ މާކްސް ލިބިވަޑައިގެންނެވި ހަތް ބޭފުޅެއް ހިމެނޭ ލިސްޓެއް އެކުލަވައިލި އިރު، 93 ޕަސެންޓް މާކުހާ އެކު އެއް ވަނައިގައި އޮތީ ޣަނީގެ ނަމެވެ.

އެ ރިޕޯޓްގައިވާ ތަރުތީބުން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރަން ރުހުން ދިނީ (1) ވަނަ، (2) ވަނަ، (3) ވަނަ އަދި (7) ވަނައިގައި ކޮމިޓީން ހިމަނާފައި އޮތް ބޭފުޅުންނަށެވެ.

އެ ހުރިހާ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވަޑައިގެން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން މި ގޮތަށް ފާސްކުރި އިރު ޖުޑީޝަރީ ކޮމިޓީން މާކްސްދީ އެކުލަވައިލި ހަތް ބޭފުޅުންގެ ލިސްޓުގައި ޝިފްޒާގެ ނަން އޮތީ ހަތް ވަނަައިގަ އެވެ. މަޖިލީހުން ރުހުން ނުދިނީ އެ ލިސްޓްގެ ފަސްވަނައިގައި އޮތް މުހަމަދު އަމީން ޒާހިރު އާއި ހަވަނައިގައި އޮތް އަބްދުﷲ އަބްދުލް ހަކީމް އަށެވެ.

ޣަނީ ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރީ އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބަލައި އެކުލަވައިލި ރިޕޯޓަށް ބަހުސްކޮށް، ޑިސެމްބަރު 4، 2019 ގައި މަޖިލީހުގެ ޖަލްސާއެއްގައި ނެގި ވޯޓެއްގަ އެވެ.

އެވޯޓްގައި އޭނާ ވަކިކުރަން 64 މެންބަރަކު ވޯޓު ދެއްވި އެވެ.

އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ޖިނާއީ ދައުވާ ކުރުމުން، އެ ދެބޭފުޅުން ވަކިކުރުމަށް ފަހު 2018 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox