ސަޕްލިމެންޓަރީ ބަޖެޓަށް ފަސް ބިލިއަން ރުފިޔާ ހުށަހަޅައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ސަޕްލިމެންޓަރި ބަޖެޓު މިއަދު މަޖިލީހުގައި ހުށަހަޅުއްވައި ދެއްވަނީ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ސަޕްލިމެންޓަރި ބަޖެޓު މިއަދު މަޖިލީހުގައި ހުށަހަޅުއްވައި ދެއްވަނީ.

މި އަހަރަށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ނުވާނެ ކަމަށް ނިންމައި، ބަޖެޓު ސަޕްލިމެންޓުގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް މިއަދު ހުށަހަޅައިފި އެވެ.

ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ޖެހުނު ސަބަބު ސާފުކޮށްދެމުން ފިނޭންސުން މައިގަނޑު ގޮތެއްގައި ބުނީ މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި، ބަޖެޓު އެގޮތަށް ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި މި އަހަރުގެ ޖުލައިން ފެށިގެން ހަރަދު ކުޑަކުރުމަށްޓަކައި ރިފޯމްތަކެއް ގެންނަން ބަޖެޓުގައި އޮތް ނަމަވެސް، އެ ރިފޯމްތައް ތަންފީޒުކުރެވާނެ ގޮތެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ޓެކްނިކަލް މަސައްކަތްތައް ކުރަން ޖެހުނީ މި ސަރުކާރުން ކަމަށް ފާހަގަކުރަމުން ފިނޭންސުން ތުހުމަތުކުރީ ކުރީ ސަރުކާރުން އެ ޒިންމާއިން ރެކިގެންފައިވާ ކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އުސްއަލިތައް

  • ޕީއެސްއައިޕީއަށް - ދެ ބިލިއަން ރުފިޔާ
  • ސަބްސިޑީއަށް - 1.02 ބިލިއަން ރުފިޔާ
  • ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރަން - 441.4 ބިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް - 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓު ލޯނު ދޫކުރުމަށް - 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންސިއުމަބަލްސްއަށް - 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް - 262.6 މިލިއަން ރުފިޔާ
  • މުސާރަ އާއި އުޖޫރައަށް - 24.4 މިލިއަން ރުފިޔާ

އޭގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުދި އަދަދުތަކުން ބަޖެޓު ކުރުމަށް ފަހު ހުއްޓިފައި ހުރި ޕްރޮޖެކްޓުތައް ހިންގުން މި ސަރުކާރަށް ޖައްސާފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި މިކަން މިގޮތަށް ކުރީ މިދިޔަ އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ބޮޑެތި އަދަދުތަކުން ކޮންޓްރެކްޓު ކުރުމަށް ފަހު އެޑްވާންސް ޕޭމަންޓުތައް ދޫކުރުމަށް ފަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ހަމައެހެންމެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށް ވެސް ބަޖެޓު ސަޕްލިމެންޓު ކުރަން ޖެހޭ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. ސަޕްލިމެންޓު ކުރާ ފަސް ބިލިއަންގެ ތެރެއިން ދެ ބިލިއަން ހަރަދު ކުރަނީ ޕީއެސްއައިޕީއަށެވެ.

ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ފިނޭންސުން ފާހަގަކުރި އިތުރު ސަބަބުތައް

  • ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން ބަޖެޓުގައި ފުރިހަމައަށް ހިމެނިފައިނުވުން
  • މެޑިކަލް ކޮންސިއުމަބަލްސްގެ ހަރަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވުން
  • އިންޑިރެކްޓް ސަބްސިޑީތަކަށް ކުރާ ހޭދަ އިތުރުވާނެކަމަށް ބެލެވުން
  • ސްޓުޑަންޓް ލޯން ސްކީމުގެ ދަށުން އިތުރު ދަރިވަރުންނަށް ލޯން ދޫކުރުން

ސަޕްލިމެންޓަރީ ބަޖެޓަށް 5.1 ބިލިއަަން ރުފިޔާ ހުށަހަޅާފައިވާއިރު، މި އަހަރު ބަޖެޓު ކުރީ ސަރުކާރުން ފާސްކުރީ ބަޖެޓަށް 60 ބިލިއަން ރުފިޔާ ހިނގާނެ ކަން އެނގެން އޮއްވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވިދާޅުވި އެވެ. އަދި މި ވަރަށް ސަޕްލިމެންޓު ކުޑަ ކުރެވުނީ ވެސް ހަރަދުތައް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު އިތުރަށް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާރުން މާލިއްޔަތު ގާނޫނުގައިވާ ގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާކުރާ ހަރަދުތަކަށް މަޖިލީހުން ހުއްދަ ހޯދާ ގޮތަށެވެ. އަދި ކުރީ ސަރުކާރުން މިކަން މިގޮތަށް ކުރި ކަން އޭރު އޮތް މަޖިލީހުގެ ރިޔާސަތުން ވެސް ތަކުރާރުކޮށް ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސުން ހިއްސާކުރި އަދަދުތަކުގައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް މި އަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ 74 ޕަސެންޓު ހޭދަވެއްޖެ އެވެ. މި ބަޖެޓަށް ފައިނޭންސް ކުރަނީ ބޭރުގެ ބާޒާރުން 1.4 ބިލިއަން ރުފިޔާ އަދި އެތެރޭގެ ބާޒާރުން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާ ގޮތަށެވެ.

ހަރަދުތަކުގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓުގައި އާމްދަނީގެ އަންދާޒާތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން 640 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަންދާދާކޮށްފާއިރު، މިއާ އެކީގައި ޖުމްލަ އާމްދަނީ 34.1 ބިލިއަން ރުފިޔާއަށް އަރާނެ އެެވެ. ބަޖެޓު ސަޕްލިމެންޓާއެކީ ޖުމްލަ ބަޖެޓު 55 ބިލިއަނާ ގާތްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox