ލިވަޕޫލާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީ އަށް މޮޅެއް

Oct 24, 2024, 3:24 AM
ލިވަޕޫލާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީ އަށް މޮޅެއް

ބާސެލޯނާ (އޮކްޓޫބަރު 24) - ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

ބާސެލޯނާ އިން ބަޔާން މިއުނިކް ބަލިކުރީ 4-1 އިންނެވެ. ސިޓީން ސްޕާޓާ ޕްރާގުގެ މައްޗަށް ކުރިހޯދީ 5-0 އިންނެވެ. އަދި އާރްބީ ލައިޕްޒިިގު އަތުން 1-0 އިން މޮޅުވެ، ލިވަޕޫލުން ވަނީ މުބާރާތުގައި ފުރިހަމަ ރެކޯޑް ދަމަހައްޓައިފަ އެވެ.

ލިވަޕޫލަށް ރޭގެ މެޗުގައި ހަމައެކަނި ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގައި ޑާވިން ނޫނޭޒް އެވެ. މިއީ، މުުހައްމަދު ސަލާހު ބޮލުން ޖައްސާލި ބޯޅައެއް ދަނޑިއަށް އަރައި، ނޫނޭޒް ޖެހި ގޯލެކެވެ.

އެސްޓަން ވިލާ އާއި ލިވަޕޫލަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުން މޮޅުވި ހަަމައެެކަނި ޓީމެވެ. އަނެއްކޮޅުން، ލިވަޕޫލްގެ އާ ކޯޗު އާނާ ސްލޮޓް އަކީ އިނގިރޭސި ކްލަބަކާ ހަވާލުވެ، ފުރަތަމަ 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވި ހަމައެކަނި ޓީމެވެ.

ބަޔާނުން ބާސެލޯނާގެ މައްޗަށް 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި 8-2 އިން ކުރިހޯދިއިރު، ބަޔާންގެ ކޯޗަކަށް ހުރި ހަންސީ ފްލިކަކީ މިިހާރު ބާސެލޯނާގެ ކޯޗެވެ. ރޭ ބާސެލޯނާ އިން ބަޔާން ބަލިކުރީ މެޗު ޑޮމިނޭޓްކޮށްގެންނެވެ. ބާސެލޯނާގެ ލަނޑުތައް ޖެހީ، ރަފީނިއާ ހެޓްރިކެއްގެ އިތުރުން، ކުރިން ބަޔާނަށް ކުޅުނު ރޮބަޓް ލެވަންޑޯސްކީ އެވެ.

މި މެޗުގައި، ބަޔާންގެ ހަމައެކަނި ލަނޑު ޖެހީ ހެރީ ކޭން އެވެ. ޗެމްޕިއަންސް ލީގުގައި މި ފަހަރު ބަޔާން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އެ ޓީމު އޮތީ 23 ވަނައިގަ އެވެ. އެހެންކަމުން، އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަށް އަންނަނީ ޕްރެޝަރު ކުރިމަތިވަމުންނެވެ.

ސިޓީން ރޭ ސްޕާޓާ ކޮޅަށް ނަތީޖާ ނެރުނުއިރު، އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެން ލަނޑުތައް ޖެހީ، ފިލް ފޯޑެން، ޖޯން ސްޓޯންސްގެ އިތުރުން، ޕެނަލްޓީ އަކުން މަތެއުސް ނޫނޭޒް އެވެ.

ސިޓީ ހިމެނޭހެން ހަތް ޓީމަކަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ތިން ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox