ހުލާސާކޮށް އިއްޔެ: މުސާރަ ކުޑަކުރުމާއި، އިދިކޮޅުގެ ރައްދު

Oct 24, 2024, 1:37 AM
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ހަރަދު ބޮޑުވެ، މެނޭޖުކުރެވިގެން ކުރިމަތިވެފައިވާ މާލީ ދަތިކަން އިންތިހާއަށް ދިޔުމުން އިތުރު އެހެން ގޮތެއް ނެތިގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީންގެ އަދި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ މުސާރަ ކުޑަކުރަން އިއްޔެ ނިންމި އެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ މަޝްރޫއުތައް ހިންގުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލާފައި އޮތަސް، މި އަހަރަށް ފާސްކުރި 49.5 ބިލިއަން ރުފިޔާގެ ބަޖެޓުން ނުވެގެން އިތުރު ފައިސާ ހަރަދުކުރަން މަޖިލީހުގެ ފާސްކުރަން، ސަޕްލިމެންޓަރީ ބެޖެޓެއް ހުށަހަޅަން ނިންމާފައި ވާއިރު، އާމްދަނީ އިތުރުކުރަން ބައެއް ޓެކްސްތައް ބޮޑުކުރަން ވަނީ ހުށަހަޅައިފަ އެވެ.

ބަޖެޓަށް ނުތެކައިގެން ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން 50 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ މުސާރަ 50 ޕަސެންޓު ކުޑަކުރުމަށެވެ.

އެހެންވެ ދެން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާނީ 50،000ރ އެވެ. އަދި މަޖިލީހުގެ ރައީސްގެ އަސާސީ މުސާރައިން 50 ޕަސެންޓު އުނިކުރުމުން ލިބޭނީ 25،562.50ރ އެވެ. ލިވިން އެލަވަންސްއާއެކު ދެން ޖުމުލަ ލިބޭނީ 45،562.50ރ. އެވެ.

މުސާރައަށް ދެން ގެންނަ ބަދަލުތައް

  • ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
  • ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ. އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
  • މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ކުންފުނިތަކުގައި 12,000ރ. އިން މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިގެ 10 ޕަސެންޓު އުނިކުރުން
  • ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކޮށްފައި، މުސާރަ އުނިކުރުމަކީ ދެބޯގެރި ދުއްވުން ކަމަށް، އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.

ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވީ 11 މަސް ދުވަހުގެ ތެރޭގައި 3،000 އާ ގާތްކުރާ އަދަދަކަށް ސިޔާސީ ވަޒީފާ އުފައްދާފައިވާ ކަމަށާއި އާންމުން ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސް އެތައް ގުނައަކުން މި ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށެވެ.

ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ކުޑަކޮށްފައި ނޫނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރާ ވާހަކަ ދެއްކުން ވެސް ލަދުވެތި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން އިތުރަށް ނެގި ސިޔާސީ މީހުންނަށް އެކަނި ވެސް މަހަކު 50 މިލިއަން ރުފިޔާ ބަޖެޓުން ހަރަދު ކުރާ ކަމަށާއި އޭގެ ތެރެއިން 10 ޕަސަންޓް ކަނޑާލިއަސް 45 މިލިއަން ރުފިޔާ ދައްކާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.

"ވައުދުވި ގޮތާއި ދިމާ އިދިކޮޅަށް ސިޔާސީ މީހުން ހާހުން އިތުރުކޮށް، ހަރަދުތައް ބޮޑުކޮށް، ސަރުކާރުގެ ފައިނޭންސިން ސްޓްރެޓެޖީ ފެއިލްވެ، މާލީ ކަންތައްތައް މެނޭޖް ނުކުރެވި، އޭގެ ނޭދެވޭ އަސަރު މިހާރު އިގްތިސާދަށް ވެސް ކުރާ ތަން. ސަރުކާރުން ހަރަދު ކުޑަކުރަންޖެހޭ،" އަމީރު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox