ޗެނަލް 13 ގެ ލައިސަންސް ބާތިލު ނުކުރަން ނިންމައިފި

ޗެނަލް 13 ގެ ލައިސަންސް ބާތިލު ނުކުރަން ނިންމައިފި

އިކޮނޮމިކް މިނިސްޓްރީން ޗެނަލް 13 ގެ މައި ކުންފުނި "މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް" ކުންފުނި އުވާލުމުގެ މަރުހަލާއިން ރަޖިސްޓާޑްއަށް ބަދަލު ކުރުމުން ލައިސަންސް ބާތިލް ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން ނިންމައިފި އެވެ.

ބްރޮޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން "އަދަދު" އަށް ވިދާޅުވީ ޗެނަލް 13 ގެ މައި ކުންފުނި އުވާލުމުގެ މަރުހަލާއިން ރަޖިސްޓާޑްއަށް ބަދަލު ކުރުމާ ގުޅިގެން، ލައިސަންސް ބާތިލު ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ބްރޮޑްކޮމްއިން ކުރިން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުނީ އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ރަޖިސްޓްރީގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އުވާލާ ކުންފުނީގެ ލިސްޓުގައި ހިމަނާފައިވާތީ، އެ ކުންފުނީގެ އެއް ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް އެ ހާލަތުގައި ޓީވީން ބްރޯޑްކާސްޓް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަނަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.

ޗެނަލް 13 އިން އެކަމަށް ޖަވާބުދާރީވާން އަންގާފައި ވަނިކޮށް، މިއަދު ބްރޮޑްކޮމްއާ އެކު އެ ޗެނަލްއިން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބްރޮޑްކޮމްއިން އަންނަނީ އެ ޗެނަލްއިން ގެނެސްދިން "ބެލްކަނި" ޑޮކިއުމެންޓްރީގެ މައްސަލަ ވެސް ކޮމިޝަނުން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ޗެނަލް 13 އިން ގެނެސްދިން އެ ޑޮކިއުމެންޓްރީގެ ހުރިހާ ކޮންޓެންޓެއް ދެއްކުން ހުއްޓާލައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް އެއާ ބެހޭ ކޮންޓެންޓްތައް ނަގަން އެންގި އެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް އަޅާނެ ފިޔަވަޅެއް ބްރޮޑްކޮމްއިން ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox