ކޮމަންވެލްތު ކުދި ގައުމުތަކުގެ 2026ގެ ބައްދަލުވުން ރާއްޖޭން ކޯ-ޗެއާ ކުރަނީ
ކޮމަންވެލްތުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިއްޖެ އެވެ.
ރާއްޖެ ކޯ-ޗެއާއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާން ކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގެ ކޯޗެއާ އެއްގެ ގޮތުގައި ރާއްޖޭން މަސައްކަތް ކުރާނީ ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އަމިއްލަ މަންމައަށް ވަޅިން ބިރުދެއްކި މީހާއަށް ބަންދުގެ މުއްދަތު ޖަހައިފި
ވަޅިން ހަމަލާދީ މަރައިލާނެ ކަމަށް ބުނެ އަމިއްލަ މަންމައަށް އިންޒާރުދިނުމަށްފަހު އަނިޔާކޮށް ފޯނު ފޭރިގަނެގެން ދިޔަ މީހާ 10 ދުވަހަށް ބަންދުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު އިސްމާއިލް 28، ހ. އެހަޑަ ކަމަށެވެ. ފުލުހުން ބުނީ އެ މުއައްސަސާއަށް ރިޕޯޓު ކުރީ ހިޔާގެ 13 ވަނަ ޓަވަރުން އަންހެނަކު ރޯއަޑު އިވޭ ކަމަށް ބުނެ އިއްޔެގެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ.
އެ މީހާއަށް ލިބިފައި ހުރި އަނިޔާއަށް ފަރުވާ ދިނުމަށްފަހު ރޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެއްބައިވަންތަ ރޫހެއްގައި ހަރަކާތްތެރިވާން ނައިބު ރައީސް ގޮވާލައްވައިފި
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން، އެންމެ ނާޒުކު އާބާދީތަކަށް، ހާއްސަކޮށް، ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ކްލައިމެޓް ފައިނޭންސްގެ ދާއިރާއިން އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ އިތުރު އަމާޒެއް ކަނޑައެޅުމަށް ވެސް ނައިބު ރައީސް ގޮވާލެއްވި އެވެ.












