ނުރައްްކާތެރިކޮށް ލޯންޗު ދުއްވި ބައެއްގެ ލައިސެންސް ހިފަހައްޓައިފި
ނުރައްކާތެރިކޮށް ލޯންޗް ދުއްވި ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ތިލަވުމާ ގުޅިގެން، އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ ނުރައްކާތެރިކޮށް ލޯންޗް ދުއްވި މައްސަލައިގައި އެ ތިން މީހުންގެ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓީ އޮކްޓޯބަރު 5، ގައި ކަމަށެވެ.
"މި މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ ޓްރާންސްޕޯޓް މިނިސްޓްރީން،" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތޫނު އެއްޗަކުން ހަމަލާ ދިން މީހަކު ހައްޔަރުކުރުން
ހޮނިހިރު ދުވަހު މާލޭގެ ފިހާރައެއްގެ ތެރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.


މައްސަލައިގައި ހައްޔަރުކުރި މީހާ
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. މަސްފަން, މުނީޒް (37އ.) އެވެ. އޭނާ ޝަރީއަތް ނިމެން ދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރައީސްގެ އިންޑިއާ ދަތުރުގައި މުމްބާއީއަށް ވަޑައިގަތުން
އިންޑިއާއައަށް ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ވިޔަފާރި ހަބް, މުމްބާއީއަށް މިއަދު ވަޑައިގަންނަވައިފި އެވެ.
ރާއްޖޭގެ ވަފުދުން މުމްބާއީގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ހައްސަ ބައްދަލުވުންތައް ބާއްވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރައީސް މުއިއްޒު ވެރިރަށް ދިއްލީގައި ވެސް ބިޒްނަސް ފޯރަމެއް ބޭއްވި އެވެ. އެ ފޯރަމްގައި ވެސް ވަނީ ރާއްޖޭގެ އިންވެސްޓު ކުރުމަށް އިންޑިއާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވާފަ އެވެ.












