މައި ކުންފުނި އުވާލުމުގެ މަރުހަލާގައި އޮތުމުން ޗެނަލް 13 ގެ ލައިސަންސް ބާތިލުކުރުމުގެ މަސައްކަތް ފަށައިފި

މައި ކުންފުނި އުވާލުމުގެ މަރުހަލާގައި އޮތުމުން ޗެނަލް 13 ގެ ލައިސަންސް ބާތިލުކުރުމުގެ މަސައްކަތް ފަށައިފި

އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ރަޖިސްޓްރީގައި ޗެނަލް 13 ހިންގާ "މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް" ކުންފުނި އުވާލުމުގެ މަރުހަލާގައި އޮތުމުން އެ ޓީވީއަށް ދީފައިވާ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބާތިލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އެ ޗެނަލްއަށް އަންގައިފި އެވެ.

ބްރޮޑްކޮމްއިން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުނީ އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ރަޖިސްޓްރީގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އުވާލާ ކުންފުނީގެ ލިސްޓުގައި ހިމަނާފައިވާތީ، އެ ކުންފުނީގެ އެއް ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް އެ ހާލަތުގައި ޓީވީން ބްރޯޑްކާސްޓް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަނަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.

ނާސިފް ފޮނުވި ސިޓީގައި އޭނާގެ ހިއްސާ ބަދަލުކޮށް މަގާމުން ވަކިކޮށް އެދި ކުންފުނީގެ ސެކެޓްރީއަށް ހުށަހަޅާފައިވާ ކަމަށް ބުނެ ލައިސަންސް ބާތިލު ކުރަން އެދުނު ނަމަވެސް، ކުންފުނީގެ އެއްވެސް ނިންމުމެއް (ބޯޑް ރިޒޮލިއުޝަން) އެއް ހުށަހަޅާފައި ނުވާތީ އެކަން އޮޅުން ފިލުވަން ރިންގް ޕްރައިވެޓް ލިމިޓެޑާ އެކު ބައްދަލުވުމެއް ބޭއްވުމަށް ދެ ފަހަރު އެދުނު ނަމަވެސް އެކަން ނުކުރެވޭކަން ބްރޮޑްކޮމް އިން ފާހަގަކުރި އެވެ.

"ގާނުނު ނަންބަރު 7/2023 (ކުންފުންޏާ ބެހޭ ގާނޫނު) ގެ 246 ވަނަ މާއްދާގެ ދަށުން އުވާލުމުގެ މަސައްކަތް ފަށާފައިވާ އަދި އެ މާއްދާގެ ދަށުން ކުންފުނި އުވާލުމަށް ކަނޑައެޅިތާ ތިން މަސް ދުވަހުގެ ތެރޭގައި ފީ ނުވަތަ ޖޫރިމަނާ ދައްކާފައި ނުވާ ކުންފުންޏެއް ކަމާއި އަދި އެއްވެސް ސަބަބަކާއި ހުރެ ކުންފުންޏެއް އުވާލުމަށް އެ މިނިސްޓްރީން ކަނޑައަޅައި، ވިޔަފާރީގެ ރަޖިސްޓްރީގައި ވައިންޑިން އަޕް ސްޓޭޓަސްއަށް ބަދަލު ކުރުމާ އެކު ދައުލަތުގެ އެކި އިދާރާތަކުން ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަންސް ވެސް ބާތިލު ކުރަން ޖެހޭ ކަމަށް އެ ވުޒާރާއިން ދެކޭ ކަމުގައި ލަފާ ދެއްވާފައިވޭ،" ބްރޮޑްކޮއިން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުންޏެވެ.

ޗެނަލް 13 ގެ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބާތިލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާތީ އެކަން އެ ޗެނަލްގެ ސަމާލު ކަމަށް ވަނީ ގެނެސްފަ އެވެ. އަދި ޗެނަލް 13 އިން އެ ކަމަށް ޖަވާބުދާރީވެ، މާދަމާ މެންދުރު 2:00 ގެ ކުރިން ލިޔުމުން އެކަން ކޮމިޝަނަށް ހުށަހެޅުމަށް ވެސް ބްރޮޑްކޮމްއިން ވަނީ އަންގާފަ އެވެ.

ޗެނަލް 13 ގެ ބްރޯޑްކާސްޓިން ލައިސަންސް ބާތިލު ކުރުމުގެ މަސައްކަތް ބްރޮޑްކޮމްއިން ފަށާފައި ވަނީ އެ ޗެނަލްއިން ގެނެސްދިން "ބެލްކަނި" ޑޮކިއުމެންޓްރީގެ މައްސަލަ ވެސް ކޮމިޝަނުން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ޗެނަލް 13 އިން ގެނެސްދިން އެ ޑޮކިއުމެންޓްރީގެ ހުރިހާ ކޮންޓެންޓެއް ދެއްކުން ހުއްޓާލައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް އެއާ ބެހޭ ކޮންޓެންޓްތައް ނަގަން އެންގި އެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް އަޅާނެ ފިޔަވަޅެއް ބްރޮޑްކޮމްއިން ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox