ލަންކާގެ އަރުގަމް ބޭ އަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެމެރިކާއިން އެލާޓެއް ނެރެފި

އަރުގަމް ބޭ ގެ ގޮނޑުދޮށް: އެ ސަރަހައްދަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެމެރިކާއިން ވަނީ އެލާޓެއް ނެރެފި --- ފޮޓޯ: ޓޭލްސް އޮފް ޓްރޮޕިކް

އަރުގަމް ބޭ ގެ ގޮނޑުދޮށް: އެ ސަރަހައްދަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެމެރިކާއިން ވަނީ އެލާޓެއް ނެރެފި --- ފޮޓޯ: ޓޭލްސް އޮފް ޓްރޮޕިކް

އަވަށްޓެރި ސްރީލަންކާގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށްވާ އަރުގަމް ބޭ ސަރަހައްދަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެ ގައުމުގައި ހުންނަ އެމެރިކާ އެމްބަސީން އެލާޓެއް ނެރެފި އެވެ.

އެމެރިކާ ރައްޔިތުން އަރުގަމް ބޭއަށް ދަތުރު ނުކުރަން އެދި ނެރުނު އެލާޓުގައި ބުނީ އަރުގަމް ބޭ ސަރަހައްދުގެ ޓޫރިސްޓު ފެސިލިޓީތަކާއި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތުގެ ސީރިއަސްކަމަށް ބަލާ އެ ސަރަހައްދަށް އެމެރިކާ އެމްބަސީގެ މުވައްޒަފުން ދަތުރުކުރުންވެސް މަނާކޮށްފައިވާނެ ކަމަށާއި އިތުރު މައުލޫމާތު ލިބެންދެން އެ ސަރަހައްދަށް އެ ގައުމުގެ ރައްޔިތުން ނުދިއުމަށް އެދޭ ކަމަށްވެސް އެމްބަސީން ބުންޏެވެ.

Advertisement

އޭގެއިތުރުން، އެ ސަރަހައްދުން ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަންކާގެ ސަލާމަތީ ހިދުމަތްތަކަށް މައުލޫމާތު ދިނުމަށާއި ލޯކަލް ހަބަރުތައް ބެލުމަށާއި ހާލަތު ރަނގަޅު ނޫން ކަމަށް ބެލެވޭނަމަ ހުރި ތަނެއް ދޫކޮށް ދިޔުމަށްވެސް އެމެރިކާއިން އެ ގައުމުގެ ރައްޔިތުންނަށް ވަނީ އިރުޝާދު ދީފަ އެވެ.

ލަންކާގެ އިރުދެކުނުގައި އޮންނަ ސާފިން އަށް މަޝްހޫރު ޓޫރިސްޓު ޑެސްޓިނޭޝަނެކެވެ. އެ ސަރަހައްދަށް ދިވެހިންވެސް ޒިޔާރަތްކުރެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީންވެސް ބަހެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox