އިލާން އާއި އަޔާން އަށް ފަހު ދެ މެޗުގައި ނުކުޅެވޭނެ

Oct 23, 2024, 5:19 AM
ބަހްރޭނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ: އިލާން (ކެޕްޓަން - ޖޯޒީ ނަމްބަރު 9)، އަޔާން (ޖޯޒީ ނަމްބަރު 23).

ބަހްރޭނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ: އިލާން (ކެޕްޓަން - ޖޯޒީ ނަމްބަރު 9)، އަޔާން (ޖޯޒީ ނަމްބަރު 23).

ޗައިނާގައި މިހާރު ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ ފަހު ދެ މެޗުގައި ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އިލާން އިމްރާން އާއި ޔޫސުފް އަޔާން އާމިރު އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ޓީމުން ބުނެފި އެވެ.

ފަހު ދެ މެޗު އޮތީ، ދެކުނު ކޮރެއާ އާއި ޗައިނާއާ ދެކޮޅަށެވެ.

ޓީމުގެ ކެޕްޓަން، އިލާން، 15، އާއި މިޑްފީލްޑަރު އަޔާން، 16، އަށް އަނިޔާވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

އަޔާން އާއި އިލާން އަކީ، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ މުހިންމު ދެ ކުޅުންތެރިންނެވެ.

ބަހްރޭންގެ ކުޅުންތެރިއަކު ކައިރިން އިލާން (ވ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްސީ

ޓީމުގެ އޮފިޝަލަކު، "އަދަދު ސްޕޯޓްސް" އަށް ބުނީ، ދެ ކުޅުންތެރިންނަށް ވެސް އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދެ މެޗު ގެއްލޭނެ ކަަމަށެވެ.

އެ ގޮތުން، ފުރަތަމަ މެޗުގައި ބޫޓާން ކޮޅަށް ދެ ގޯލު ޖެހިި އިލާންގެ ފަލަމަސްގަނޑު ސްޓްރެޗްވެފައިވަނީ ބަހުރޭނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބަހްރޭނުން 83 ވަނަ މިނިޓްގައި ލަނޑު ޖަހައި، ރާއްޖެ ބަލިކުރި މެޗުގެ 36 ވަަނަ މިނިޓްގައި، އިލާން ބަދަލުކުރަން ޖެހުނެވެ.

އަޔާން އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ 75 ވަނަ މިނިޓްގަ އެވެ. ހެދި ޓެސްޓްތަކުން އެނގިފައިވަނީ، އަޔާންގެ ކޮލާބޯން ބިދިފައިވާ ކަމެވެ. އެހެންކަމުން، މުއްދަތެއްގައި ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ޗައިނާގެ ޑާލިއަންގައި ކުރިއަށްދާ ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބޫޓާނާ 2-2 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ބަހްރޭން އަތުން ބަލިވީ 1-0 އިންނެެވެ. ތިން ވަނަ މެޗުގައި ދެކުނު ކޮރެއާއާ މިއަދު ބައްދަލުކުރާއިރު، އެ ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން 5-0 އިން މޮޅުވެފަ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި، ހުކުރު ދުވަހު ޗައިނާއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox