ކައިރި މުސްތަގުބަލެއްގައި ރިޓަޔާކުރުމުގެ ވިސްނުމެއް ޖޮކޮވިޗް ނެތް

Oct 23, 2024, 4:59 AM
ކައިރި މުސްތަގުބަލެއްގައި ރިޓަޔާކުރުމުގެ ވިސްނުމެއް ޖޮކޮވިޗް ނެތް

ބެލްގްރޭޑް، ސާބިއާ (އޮކްޓޫބަރު 23) - ޕްރޮފެޝަނަލް ޓެނިހުން ރިޓަޔާކުރަން ކައިރި މުސްތަގުބަލެއްގައި ނުވިސްނާ ކަމަށް ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

އެކާވީސް ވަނަ ގަރުނުގައި ފެނުނު، ޓެނިހުގެ މަޝްހޫރު "ބިގް ފޯ" ގެ ތެރެއިން ރިޓަޔާނުކޮށް ހުރީ މިހާރު ޖޮކޮވިޗް، 37، އެކަންޏެވެ. އެ ގޮތުން، 2022 ވަނަ އަހަރު، ލެޖެންޑަރީ ތަރި، ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ރިޓަޔާކުރިއިރު، މި އަހަރުގެ އޮގަސްޓް މަހުގައި، ސްކޮޓްލެންޑްގެ އެންޑީ މަރީ ވަނީ ކުޅުން ހުއްޓާލައިފަ އެވެ. އަދި މީގެ ދުވަސްތަކެއް ކުރިން، ސްޕެއިނުގެ ރަފައެލް ނަޑާލް ވަނީ ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ އެންމެ ގިނަ ތަށި ހާސިލްކޮށް، ކެރިއަރުގައި 100 ވަނަ އޭޓީޕީ މުބާރާތުގެ ތަށި ހޯދަން އަމާޒުހިފައިގެން ހުރި، ޖޮކޮވިޗް އެންމެ މަތީ ލެވަލްގައި ހުރެ ރިޓަޔާކުރުމަކީ އެންމެ ބޮޑު ކާމިޔާބަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެކަމަކު، ޖޮކޮވިޗް ވިސްނަނީ އެ ގޮތަކަށް ނޫނެވެ.

"(އޮލިމްޕިކް ރަން މެޑަލް) ގޯލްޑް ވެސް ލިބިއްޖެ، ޓެނިހުގެ ހުރިހާ ކާމިޔާބެއް ލިބިއްޖެ، ދެން، ރިޓަޔާކުރަންވީނު، މިއީ ގިނަ ބަޔަކު އަހަންނާ މެދު ދެކޭގޮތް، ނޫނީ ބޭނުންވާ ގޮތް ކަމަށް ވިޔަސް، އަހަރެން މި ހުރީ އެ ގޮތަކަށް ނޫން. ކައިރި މުސްތަގުބަލެއްގައި ރިޓަޔާކުރާނެ ވިސްނުމެއް އަދި ނާދޭ،" ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް ބުނީ، ކެރިއަރުގައި ކުރިއަށްދާއިރު، އަބަދުވެސް އޭނާ ވިސްނަނީ ނުކުންނަ ކޮންމެ މުބާރާތެއްގެ ފޭވަރިޓްގެ ގޮތުގައި ހުރުމަށް ކަމަށެވެ. މި ވަގުތު ކެރިއަރު ދަނީ އެ ގޮތަށް ކަަމަށާއި އެހެންވެ، އަމިއްލަ ނަފްސަށް ވިސްނައިގެން އެންމެ ބޭނުމީ ކެރިއަރުގައި އިތުރު ކާމިޔާބީތައް ހޯދައިގެން ކުރިއަށްދާން ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ރިޓަޔާމަންޓް އިއުލާނުކުރި ނަޑާލް ބުނީ، ޖޮކޮވިޗްގެ އެންމެ ބޮޑު ތަފާތަކީ، އަނިޔާއިން ސަލާމަތްވެގެން ހުރެ މަތީ ލެވަލްގައި ޕާފޯމް ކުރަން ކުރާ މަސައްކަތް ކަމަށެވެ.

ނަޑާލާއި ފެޑެރާ އަދި މަރޭގެ ކެރިއަރުގެ ފަހުކޮޅުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox