ވިނީޝިއުސްގެ ހެޓްރިކާ އެކު ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ، ވިލާ ކުރީގައި

Oct 23, 2024, 2:27 AM
ވިނީޝިއުސްގެ ހެޓްރިކާ އެކު ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ، ވިލާ ކުރީގައި

މެޑްރިޑް (އޮކްޓޫބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ރޭ މުބާރާތުގައި ކުޅުނު މެޗުގައި ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު، 5-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފި އެވެ.

މި މެޗުގައި، ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ރޭ ބޮލޯނިއާ އަތުން 2-0 އިން މޮޅުވި، އެސްޓަން ވިލާ އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމެވެ.

ރޭގެ މެޗުގައި، ރެއާލް ދަނޑުގައި ޑޯޓްމަންޑުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ. ޑޮންޔެލް މާލެން އާއި ޖޭމީ ގިޓެންސް ޖެހި ގޯލުތަކުން ޑޯޓްމަންޑުން ލީޑުގައި އޮތްއިރު، ފުރަތަމަ ހާފުގައި ރެއާލްގެ ޖޫޑް ބެލިންހަމް ޖެހި ޝޮޓެއް ހުރަސްދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

ދެ ވަނަ ހާފުގައި ރެއާލުން ފުރަތަމަ ލަނޑު ޖެހީ ކީލިއަން އެމްބާޕޭގެ ހުރަހަކުން އެންޓޯނިއޯ ރޫޑިގާ އެވެ. ވިނީޝިއުސް ފުރަތަމަ ޖެހި ގޯލު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އެ ގޯލު ބަލައިގަންނަން ނިންމީ އެވެ. އޭގެ ފަހުން، އިންޑިވިޖުއަލް މޮޅު ދެ ގޯލު ޖަހައި، ވިނީޝިއުސް ވަނީ ރެއާލް ކޮޅަށް މެޗު އަނބުރާލައިފަ އެވެ. އަދި ރެއާލްގެ ފަހު ގޯލު ޖެހީ، ލޫކަސް ވަޒްކޭޒް އެެވެ.

މިއީ، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ރިޕީޓެކެވެ. ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި 2-0 އިން ޑޯޓްމަންޑް ބަލިކޮށްފަ އެވެ.

އެސްޓަން ވިލާ އިން ރޭ ބޮލޯނިއާ ކޮޅަށް ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ފުރަތަމަ ލަނޑު ޖެހީ، ހިލޭޖެހުމަކުން ޖޯން މެކްގިން އެވެ. އަދި ދެ ވަނަ ގޯލު ޖެހީ، ބަދަަލަކަށް ކުޅެން އަރައި ވިލާ އަށް އަބަދުވެސް ތަފާތު ދައްކާ ފޯވާޑް ޖޯން ޑުރާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox