ދުންފަތުގެ އުފެއްދުމެއް ގަނެވޭ އުމުރު 21 އަށް މަތިކުރަނީ ނޮވެމްބަރު 15، އިން ފެށިގެން

ދުންފަތުގެ އުފެއްދުމެއް ގަނެވޭ އުމުރު 21 އަށް މަތިކުރަނީ ނޮވެމްބަރު 15، އިން ފެށިގެން

ދުންފަތާއި ދުންފަތުގެ އުފައްދާފައިވާ ތަކެތީގެ ވިޔަފާރީ ކުރެވޭ އެންމެ ހަގު އުމުރު 18 އިން 21 އަހަރަށް ބަދަލުކުރާ ތާރީހުގެ ގޮތުގައި ނޮވެމްބަރު 15، ކަނޑައަޅައިފި އެވެ.

ދުންފަތާއި ސިނގިރޭޓު ގަނެވޭ އުމުރަށް ބަދަލުގެންނަން މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ރޭގަ އެވެ.

ދުންފަތާއި ދުންފަތުގެ އުފައްދާފައިވާ ތަކެތީގެ ވިޔަފާރީ ކުރެވޭ އުމުރު މަތިކުރާ އިސްލާހު ހިމަނާފައިވަނީ ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުން ހިމެނޭ ގޮތަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން މިއަދު މަޖިލީހަށް ފޮނުވި ބިލުގަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ފޮނުވި މި ބިލަށް އަމަލުކުރަން ފަށާ ތާރީހެއްގެ ގޮތުގައި އޮތީ ނޮވެމްބަރު 15، އެވެ.

އިސްލާހުގައިވަނީ ކުރިން 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި އެތަކެތީގެ ވިޔަފާރީގައި ބައިވެރިކުރުން މަނާ ކަމަށް އޮތް މާއްދާ 21 އަހަރުން ދަށުގެ މީހުންނާއި ކުދިންނަށް ބަދަލުކުރުމެވެ. އަދި ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އުފެއްދުންތައް ވިއްކާ އުމުރު އަންގައިދޭ ލިޔުން ބިލުގެ ދަށުން އިސްލާހު ކުރުން މަޖުބޫރުވާނެ އެވެ.

އެ ނިންމުން އިއުލާނުކުރައްވަމުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް މުއިއްޒު ރޭ ވިދާޅުވީ އެގޮތަށް ނިންމެވީ ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށް ކަމަށެވެ.

ވޭޕު މަނާކުރުމުގެ އިތުރުން ސިނގިރޭޓު އަދި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމާއި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ވަގަށް ސްމަގްލް ކުރުން ހުއްޓުވުމަށް ވެސް މި ބިލުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

އަދި ވޭޕު އެތެރުކޮށް، އޭގެ ވިޔަފާރިކޮށް، ބޭނުންކުރާ މީހުންނަށް ބޮޑެތި ޖޫރިމަނާތަކެއްވެސް އަންނާނެ ގޮތަށް މި ބިލުގައި ގިނަ އިސްލާހުތަކެއްވެސް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox