ބިލު ހުށަހެޅި އިރު ވޭޕް އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުން މަނާ ތާރީހަކަށް ވެސް ޖަހާފައި އޮތީ ނޮވެމްބަރު 15

ވޭޕު މަނާކުރުމާ ދެކޮޅަށް އެ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން މަޖިލިސް ދޮށުގައި މުޒާހަރާ ކުރަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޭޕު މަނާކުރުމާ ދެކޮޅަށް އެ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން މަޖިލިސް ދޮށުގައި މުޒާހަރާ ކުރަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން, ވޭޕު ބޭނުންކުރުން މަނާކުރާ ތާރީހު ނޮވެމްބަރު 15، އަށް އަވަސްކޮށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް މަޖިލީހަށް މި ބިލު ފޮނުވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖެއަށް ވޭޕު އެތެރެކުރުން މަނާކުރާނެ ކަމަށް ރައީސް ވިދާޅުވީ ނޮވެމްބަރު 15، އިން ފެށިގެންނެވެ. އަދި، ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ގެންގުޅުން މަނާކުރާނެ ތާރީހެއްގެ ގޮތުގައި އިއުލާނުކުރެއްވީ ޑިސެމްބަރު 15، އެވެ.

ނަމަވެސް މަޖިލީހަށް ހުށަހެޅި ބިލަށް އަމަލުކުރަން ފަށާ ތާރީހުގެ ގޮތުގައި އޮތީ ނޮވެމްބަރު 15، އެވެ. އިތުރު ތާރީހުތަކެއް ބިލުގައި ދީފައެއް ނުވެ އެވެ.

ބިލުގައިވާގޮތުން މި އިސްލާހާއެކު ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު އަދި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކޮށްފިނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި، އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000ރ. ގެ މަގުން ޖޫރިމަނާ އިތުރުކުރެވޭނެ އެވެ.

މީގެއިތުރުން، މި އިސްލާހާއެކު ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ ފަރާތެއް ޖޫރިމަނާ ކުރެވޭނީ 20،000ރ. އިންނެވެ. އަދި، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

ވޭޕު މަނާކުރުމަށްފަހު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ ކަމަށްވެސް ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވެ އެވެ.

ވޭޕު މަނާކުރުމުގެ އިތުރުން ސިނގިރޭޓު އަދި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމާއި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ވަގަށް ސްމަގްލް ކުރުން ހުއްޓުވުމަށް ވެސް މި ބިލުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

މި ބިލު ފާސްވެ ތަސްދީގުކުރުމަށް ނަގާ މުއްދަތުގައި ވޭޕާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަންވެސް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެ ބިލު ބަލައިގަނެ މިއަދު ވަނީ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

ސަރުކާރުގެ މި ނިންމުމާއެކު ވޭޕު އަދި އެފަދަ އާލަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެ ފަރާތްތަކުގެ ފިހާރަތައް ބަންދުކޮށް އިއްޔެ ވަނީ މަޖިލިސް ދޮށުގައި މުޒާހަރާއެއް ވެސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox