ދުންފަތުގެ ބާވަތްތަކާއި ވޭޕުން ޑިއުޓީ ބޮޑުކުރާ ބިލު މަޖިލީހަށް ބަލައިގަނެފި

ރައްޔިތުންގެ މަޖިލިސް: އެ ބިލު ބަލައިގަންނަން ފާސްކުރީ ހާޒިރުވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް: އެ ބިލު ބަލައިގަންނަން ފާސްކުރީ ހާޒިރުވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވޭޕާއި އިލެކްޓްރިކް ސިނގިރޭޓު އަދި ދުންފަތުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަށްޓަކައި އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށް، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބަހުސް ކުރުމަށްފަހު އެ ބިލު ބަލައިގަންނަން ފާސްކުރީ ހާޒިރުވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއިރު، އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އެ ބިލަށް މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި އެއްވެސް މެންބަރަކު މުޅި ބިލާ ދެކޮޅެއް ނުހައްދަވަ އެވެ. ނަމަވެސް ވޭޕާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށްގެން އެ ބޭނުން ކުރާ މީހުންގެ އަދަދު މަދުވެދާނެތޯ ބައެއް މެންބަރުން ސުވާލު އުފެއްދެވި އެވެ.

"ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރާތީ ވެސް އަޅުގަނޑު ކަންބޮޑުވަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ ބޮޑު ކުރާ ޑިއުޓީއަކުން ނަތީޖާއެއް ނުފެނެއޭ. ނަންބަރުތަކުން އެކަން އެ ހުރީ ސާފުކޮށް ފެންނާށޭ،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ މި ބަދަލާއެކު މެދުމިން ނުވަތަ ދަށް ފަންތީގެ އާމްދަނީ ލިބޭ ވަޒީފާތަކުގައި އުޅޭ މީހުން ދުންފަތުގެ ބޭނުން ކުރާ މިންވަރު މަދުވާނެ ކަމަށެވެ.

ބޭރުގެ ބައެއް ގައުމުތަކުން މިސާލު ނަންގަވަމުން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން ވިދާޅުވީ ސިނގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރުމުން އެ ގައުމުތަކުގައި ވެސް ދަށް ފަންތީގެ ވަޒީފާތަކުގައި އުޅޭ މީހުން އެ ތަކެތި ބޭނުންކުރާ މިންވަރު މަދުވެފައިވާ ކަމަށެވެ.

"ހާއްސަކޮށް ލޯ އިންކަމް އަދި މިޑްލް އިންކަމް، މެދު އާމްދަނީ އަދި ދަށް ފަންތީގެ އާމްދަނީ ލިބޭ މީހުންގެ މެދުގައި ވަރަށް ބޮޑުތަން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުވެގެންދިޔަ، ދިވެހިރާއްޖޭގައި އާބާދީގެ ވެސް ބޮޑު ބަޔަކީ ލޯ އިންކަމް އަދި މިޑްލް އިންކަމް މީހުން، އެހެންވީމާ މި ތައާރަފު ކުރެވޭ ޓެކްސް އާއެކު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުކުރެވޭނެކަން ޔަގީން،" އަޒާން ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ވެސް ވިދާޅުވީ އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރަނީ ދަށް ފަންތީގެ އާބާދީން ކަމަށާއި ޓެކްސް ބޮޑު ކުރުމުން އެ އާބާދީގެ ތެރެއިން ދުންފަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރައްވާނެ ކަމަށެވެ. ރައީސް ނިންމެވީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ.

އޭގެ އިތުރުން، ވޭޕް އާއި ވޭޕުގެ ބާވަތްތައް މަނާ ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރުމަށެވެ.

ރާއްޖޭގައި 2019 ވަނަ އަހަރު ހެދި ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ. އަދި ދުންފަތް ބޭނުން ކުރާ ކުޑަކުދިންގެ އަދަދު ވެސް މަތިކަން ދިރާސާއިން ދައްކަ އެވެ. ކުޑަކުދިން އެންމެ ގިނައިން ބޭނުން ކުރަނީ ވޭޕެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox