ޓެކްސް ބޮޑު ކުރަން ތާއިދުކޮށް، ދުވާލަކު ދެ ފޮށި ސިނގިރޭޓު ހުސް ކުރައްވާ އައްބާސް ނިންމެވީ އެކަން ހުއްޓާލަން

Oct 22, 2024, 5:27 AM
ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: ވިދާޅުވީ ދުންފަތުން ޓެކްސް ބޮޑު ކުރުމަކީ ގައުމަށް މުހިންމު ނިންމުމެއް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: ވިދާޅުވީ ދުންފަތުން ޓެކްސް ބޮޑު ކުރުމަކީ ގައުމަށް މުހިންމު ނިންމުމެއް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓާއި ދުންފަތުން ޓެކްސް ބޮޑު ކުރަން ތާއީދުކޮށް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށް، މިހާރު ވެސް ދުވާލަކު ދެ ފޮށި ސިނގިރޭޓު ހުސް ކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑު ކުރުމުގެ ބިލަށް މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ދުންފަތާއި ސިނގިރޭޓުން ޓެކްސް ބޮޑު ކުރުމަކީ ގައުމުގެ މުސްތަގުބަލަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ މިހާރު ނިންމަވައިގެން ހުރީ ޓެކްސް ބޮޑު ކުރާ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ކަމަށެވެ.

"މިފަދަ ވަގުތެއްގައި މިފަދަ ހަރުދަނާ ގައުމީ ނިންމުމެއް ނިންމެވީތީ ވަޒީރުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާ ކުރަން،" އައްބާސް ވިދާޅުވި އެވެ. "އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓު މިހާރު ވެސް ބޯ މީހެއް. ނޮވެމްބަރު 15، ވަނަ ދުވަހުން ފެށިގެން މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު ސިނގިރޭޓު ބުއިން ހުއްޓާލަން އަޅުގަނޑު ނިންމައިފިން."

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރައްވާނެ ކަމަށެވެ. ރައީސް ނިންމެވީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ. މަޖިލީހަށް އިއްޔެ ހުށަހަޅައިގެން މިއަދު ބަހުސް ކުރާ ބިލުގައި ވެސް އޮތީ އެގޮތަށް ޓެކްސް ބޮޑު ކުރުމަށެވެ.

އޭގެ އިތުރުން، ވޭޕް އާއި ވޭޕުގެ ބާވަތްތައް މަނާ ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރުމަށެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލަށް މިއަދު ބަހުސް ކުރި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ، ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުމުން ދުންފަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވާނެތޯ ސުވާލު އުފައްދައިފަ އެވެ. އަދި ރައްޔިތުން ހޭލުންތެރިނުކޮށް، ޓެކްސް ބޮޑު ކުރުމުން ނުކުންނާނެ ނަތީޖާއާމެދު ވެސް އެމްޑީޕީގެ މެންބަރުން ސުވާލު އުފެއްދި އެވެ.

"ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރާތީ ވެސް އަޅުގަނޑު ކަންބޮޑުވަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ ބޮޑު ކުރާ ޑިއުޓީއަކުން ނަތީޖާއެއް ނުފެނެއޭ. ނަންބަރުތަކުން އެކަން އެ ހުރީ ސާފުކޮށް ފެންނާށޭ،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވި އެވެ.

ރާއްޖޭގައި 2019 ވަނަ އަހަރު ހެދި ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ. އަދި ދުންފަތް ބޭނުން ކުރާ ކުޑަކުދިންގެ އަދަދު ވެސް މަތިކަން ދިރާސާއިން ދައްކަ އެވެ. ކުޑަކުދިން އެންމެ ގިނައިން ބޭނުން ކުރަނީ ވޭޕެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox