މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަށް ރިޝްވަތު ދީގެން ވަނީ ގަނެލާފައި: ޔާމީން

މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަށް ރިޝްވަތު ދީގެން ވަނީ ގަނެލާފައި: ޔާމީން

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޝްވަތު ދީގެން ގަނެލާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި މެންބަރުންނަށް ރިޝްވަތު ދީފައިވާ ވާހަކަ ޔާމީން ފާހަގަ ކުރެއްވީ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތަސް، އެ މެންބަރުން ކުރިން ކަންބޮޑުވި އިންޑިއާއާ ގުޅޭ މައްސަލަތައް ނުބަލާނެކަމާއި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން މަޖިލީހުން ވެސް މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ.

"މިހާރު އެ މީހުންނަށް އެ ލިބޭ ރިޝްވަތުގެ ލާރިކޮޅު އެ މީހުންނަށް މުހިއްމު އެބަވޭ. މަޖިލީހުގެ މުސާރައިގެ އިތުރަށް ކޮންމެ މަހަކު އެދޭ 50،000 ރުފިޔާ ނުވަތަ 75،000 ރުފިޔާ. ރައީސުލްޖުމްހޫރިއްޔާ އެ ތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކޮޅު ހަމަ ރިޝްވަތު ދީގެން ގަނެލައިގެން ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފަރާތުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދޭ ވާހަކައަކީ "ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް" ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ފުރަތަމަ ގަނެލީ ނިމިގެން ދިޔަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 13 މެންބަރެކެވެ.

މިހާ މުޑުދާރުކޮށް ކަންކަން ކުރިއަށް ގެންދާއިރު އިންޑިއާގެ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ކުރިން ވަކާލާތުކޮށްފައި އޮތަސް، އެއްވެސް އެއްބަސްވުމެއް މިހާރު ނުދައްކާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުން އިންޑިއާއާއެކު ހެދި އެއްބަސްވުންތައް ކުރިއަށް ވުރެ ނުރައްކާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު މިއޮތީ އަޅުގަނޑުމެންގެ ސަރުކާރު. ހަމަ ކުރީގައި ކޮށްފައި އޮތް އެގްރީމެންޓު އެއަށް ވުރެ ދިވެހިރާއްޖެއަށް ނުރައްކާ ވާގޮތަށް އެއޮތީ އެ އެގްރީމެންޓުކޮށް ނިންމާފައި. މިހާރު މަޖިލީހުގައި ވެސް އެ ތިބީ އަޅުގަނޑުމެންގެ މީހުން. ކޮން އެގްރީމެންޓެއް ދައްކާނީ. އެގްރީމެންޓު ގެންނާކަށް ވެސް ނޫޅޭ. އެގްރީމެންޓު ހޯދާކަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަކުން ވެސް މަސައްކަތެއް ނުކުރޭ. އަދި އެހެން ކޮމިޓިއަކުން ވެސް މަސައްކަތް ނުކުރޭ،" ޔާމީން ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންގޮސް، ބާއްވާފައި އޮންނަތާ މިހާރު ވަނީ ހަތަރު މަސްވެފަ އެވެ.

އިންތިހާބުގައި ރައީސް މުއިއްޒު އާއި ޕީޕީއެން/ޕީއެންސީން އިންޑިއާއާ ގުޅޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް އަދި ތަންފީޒެއް ނުކުރެ އެވެ.

އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ. ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox