މެސީ އަށް ފުރުސަތު ލިބޭގޮތަށް މިއާމީ އަށް ކްލަބް ވޯލްޑް ކަޕް ޖާގައެއް

Oct 20, 2024, 7:38 AM
މެސީ އަށް ފުރުސަތު ލިބޭގޮތަށް މިއާމީ އަށް ކްލަބް ވޯލްޑް ކަޕް ޖާގައެއް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 20) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީ އަށް ފުރުސަތު ފަހިވާ ގޮތަށް، އޭނާ ކުޅެމުން އަންނަ އިންޓަ މިއާމީ އަށް ފީފާ ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދޭން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ނިންމައިފި އެވެ.

އިންޓަ މިއާމީ އަށް ޖާގަ ދެނީ، އަންނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވާ ގައުމު، ހައިސިއްޔަތުންނެވެ. އެކަމަކު، އެ ޖާގަ ލީގު ނުނިމެނިސް ދިނުމުން ގިނަ ބަަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

މެސީގެ ހެޓްރިކާ އެކު، ނިއު އިންގްލެންޑް އަތުން 6-2 އިން މިޔާމީ މޮޅުވި މެޗަށް ފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްކެވި ވާހަކައިގައި އިއުލާނުކުރެއްވީ، އަންނަ އަހަރު ކްލަބް ވޯލްޑް ކަޕް ފަށާ މެޗުގައި އިންޓަ މިއާމީ ކުޅޭނެ ކަމަށެވެ.

އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ޗެމްޕިއަނުން ކަނޑައަޅާނީ ކުރިއަށް އޮތް ޕްލޭއޮފަށް ފަހު އެވެ. އެކަމަކު، ޕްލޭއޮފް ވެސް ނުފަށައި، ރެގިއުލާ ސީޒަން ނިމުމާ އެކު، ސަޕޯޓާސް ޝީލްޑް ހޯދި މިއާމީ އަށް ކްލަބް ވޯލްޑް ކަޕްގެ ޖާގަ ދިނީ، އެ މުބާރާތުގައި މެސީ ފެންނަން ފީފާ އިން ބޭނުންވާތީ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

މިއާމީން ސަޕޯޓާސް ޝީލްޑް ހޯދީ ރެގިއުލާ ސީޒަނުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ރެކޯޑާ އެކު އެވެ. އެކަމަކު، ލީގުގެ 29 ޓީމުން ވެސް ވަނީ، ސީޒަން ފެށުމުގެ ކުރިން، ރެގިއުލާ ސީޒަން ކާމިޔާބުކުރާ ޓީމަކަށް ކްލަބް ވޯލްޑް ކަޕްގެ ޖާގައެއް ދޭނެކަން އިއުލާނުކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްއެލްއެސް ސީޒަން ނިމޭނީ، ޑިސެމްބަރު ހަތް ވަނަ ދުވަހު ކުޅޭ ޕްލޭއޮފް ފައިނަލުންނެވެ. ޕްލޭއޮފް ފަށާނީ މި މަހު އެވެ.

މީގެ ކުރިން، ކްލަބް ވޯލްޑް ކަޕް ބޭއްވީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގަ އެވެ. މަދު ކްލަބްތަކަކާ އެކު ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން، ޔޫރަޕްގެ ޓީމުތަކުން ހޯދާފައިވަނީ އެންމެ ގިނަ ވެގެން ތިން މެޗު ކުޅެގެންނެވެ. އެ ގޮތުން، މެސީ ވަނީ ބާސެލޯނާއާ އެކު، އެ މުބާރާތުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

ފީފާ އިން އަންނަ އަހަރު ކްލަބް ވޯލްޑް ކަޕް ފުޅާކޮށްލައިގެން، 32 ޓީމާ އެކު ބާއްވަނީ، މާލީ މަންފާ އަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށް މީޑިއާތަކުން ތުހުމަތުކުރެ އެވެ. އަދި ކުޅުންތެރިންގެ ސިއްހަތަށް ނުބަލައި، ފީފާ އިން ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނެސް މުބާރާތްތަކާއި މެޗުތައް އިތުރުކުރާ މައްސަލައިގައި، ބައެއް ކުޅުންތެރިން ތިބީ ހަޅުތާލެއް ކުރަން ވެސް ތައްޔާރަށެވެ.

އަންނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވަން ތާވަލުކޮށްފައިވަނީ، ޖޫން 15 އިން ފެށިގެން ޖުލައި 13 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox