ހަމާސްގެ ލީޑަރު، ސިންވާރު މަރާލުން މެލޭޝިއާއިން ކުށްވެރިކޮށްފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް: ހަމާސްގެ ލީޑަރު، ސިންވާރު މަރާލުން ވަނީ ކުށްވެރި ކުރައްވާފައި -- ފޮޓޯ: ގެޓީ އިމޭޖަސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް: ހަމާސްގެ ލީޑަރު، ސިންވާރު މަރާލުން ވަނީ ކުށްވެރި ކުރައްވާފައި -- ފޮޓޯ: ގެޓީ އިމޭޖަސް

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަކުރަމުން ދަނިކޮށް އިޒްރޭލުން ހަމާސްގެ ލީޑަރު، ޔަހުޔާ ސިންވާރު އަވަހާރަކޮށްލުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ކުށްވެރިކުރައްވައިފި އެވެ.

މިކަމާ ގުޅުވައި އަންވަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނިޔާވެރިކޮށް ސިންވާރު އަވަހާރަކޮށްލުމުގެ ހިތާމައިގައި ބައިވެރިވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މެލޭޝިއާއިން ސިންވާރު އަވަހާރަކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އޭގެ ނަތީޖާއަކަށް ވާނީ ހަމާސްގެ ބެލުމުގެ ދަށުގައިވާ މީހުން ދޫކޮށްލުމުގެ ޑިމާންޑު ފުރިހަމަ ނުވުން،" އަންވަރު ވިދާޅުވި އެވެ.

އަންވަރު އިތުރަށް ވިދާޅުވީ މީގެން އަންގައިދެނީ ސުލްހަ ގާއިމު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ފެއިލްވެފައިވާ ކަމަށާއި ސިންވާރު މަރާލުމުން ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމު ވަގުތުން ވަގުތަށް ހުއްޓާލަން ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ގޮވާލައްވާފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ހިންގާ ގަތުލްއާންމުގައި މިހާތަނަށް ފަލަސްތީނުގެ 42،500 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން އަންނަނީ ފަލަސްތީނުގެ އިތުރުން ލުބްނާނަށް ވެސް މެދުނުކެނޑީ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،000 އަށް ވުރެ އިތުރުވެފަ އެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް، މިހާތަނަށް އިޒްރޭލުން އެކަމަށް އިޖާބަ ނުދެ އެވެ. އަދި އެމެރިކާއިން އަންނަނީ އިޒްރޭލަށް ވާގިވެރިވެ، ހަނގުރާމަ ކުރިއަށް ގެންދަން ހަތިޔާރު ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި މީހަކަށް އެމެރިކާގެ އެހީ

އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ސީރިޔާގެ ކުރީގެ ޖެނެރަލް ބައްސާމް އަލް ހަސަންއަށް، އެމެރިކާ އާއި ލުބުނާނުން ޚަރަދުކޮށް ހިމާޔަތް ދެމުންދާކަން ތަހުގީގަކުން ވަނީ ފަޅާއަރާފައެވެ. އޭނާއަށް މި ހިމާޔަތް ދެނީ ވަގަށް ނަގާފައިވާ އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އެއްބަސްވުމުން ކަމަށްވާއިރު، ސީރިޔާގެ އާ ސަރުކާރުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގެ ރަމްޒަކަށްވި މީހާ މަރުވެއްޖެ

ސްޕެއިންގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ރަމްޒަކަށްވި އުމުރުން 87 އަހަރުގެ މަރީކާމެން އަބަސްކަލް، އޭނާ 70 އަހަރު އުޅުނު ގެއިން މަޖުބޫރުން ބޭރުކޮށްލާފައި ވަނިކޮށް މަރުވެއްޖެއެވެ. އޭނާގެ މަރާ ގުޅިގެން ގައުމުގެ ބޯހިޔާވަހިކަމުގެ ނިޒާމަށް ފާޑުކިޔުންތައް އަމާޒުވެ، ގިނަ ބަޔަކު ދަނީ އޭނާގެ ހަނދާނުގައި މުޒާހަރާކޮށް އިހުތިރާމް އަދާކުރަމުންނެވެ.

ކެންޔާގެ ފުރަތަމަ އެބޯލާ ކޭސްއާ އެކު މީހުން އެކަހެރިކުރަނީ

ކެންޔާއިން ފުރަތަމަ ފަހަރަށް އެބޯލާ ޖެހިފައިވާ މީހަކު ފެނި، އެ ބަލީގައި އޭނާ މަރުވުމާ ގުޅިގެން އެ ގައުމުގައި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ޑީއާރު ކޮންގޯއިން ދަތުރުކުރި މި މީހާއާ ބައްދަލުވި 10 މީހަކު މިހާރު އެކަހެރިކޮށްފައިވާއިރު، އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގެ ބޯޑަރުތަކުގައި ބަލި ދެނެގަތުމަށް ގާއިމުކޮށްފައިވާ ނިޒާމުގެ ފެންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

އިންޑިއާ މުޒާހަރާ ހޫނުވެ ރާހުލް ގާންދީ ގަދަކަމުން ގެންދަން އުޅެފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ވޯޓުލާ މީހުންގެ ދަފުތަރަށް ބަދަލު ގެންނަ ކަމަށް ބުނެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ އިސްވެ ހުންނަވައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވައި، އޭނާ ގަދަކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ނިއު ދިއްލީގެ މަސްލަހަތު ގޯސްވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިލެކްޝަން ކޮމިޝަނުން އަމަލުކުރަނީ ވެރިކަންކުރާ ބީޖޭޕީއަށް ފައިދާވާ ގޮތަށް ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox