ނައުބެގެ ކުރެހުންތައް، އުފެއްދުންތައް ހިފައިގެން މާލެއަށް! ބޭނުމަކީ އާ ޖީލަކަށް ހިތްވަރު ދިނުން

ނައުބެ އޭނާގެ ގެލެރީގައި: އެންމެ ކުރީ ޒަމާނުގެ ކުރެހުންތަކާއެކު މި ފަހުން މާލެ އައިސް ކުރެހި ކުރެހުން ވެސް ގެލެރީގައި އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ނައުބެ އޭނާގެ ގެލެރީގައި: އެންމެ ކުރީ ޒަމާނުގެ ކުރެހުންތަކާއެކު މި ފަހުން މާލެ އައިސް ކުރެހި ކުރެހުން ވެސް ގެލެރީގައި އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ނައުޝާދު ވަހީދު، ނައުބުގެ، ކުރެހުމެއް މާލެ ތެރެއިން ނުފެންނަތާ މާ ގިނަ ދުވަސްވެއްޖެ އެވެ.

އެހާ ގިނައިން ނޫނަސް، ކުރިން ދޭތެރެއަކުން މާލެއިން ނުވަތަ ރަށަކުން ނުވަތަ ރިސޯޓަކުން ބޮޑުސިންގާ ބިލްބޯޑެއްގައި ނައުބެ ކުރަހާފައި އިން ވެލައެއް، ބޮޑުމަހެއް، ހިބަރެއް، ނާބޮއްޔެއް، ކޯމަހެއް، ރާވެރިއެއް ނަމަވެސް ފެންނާނެ އެވެ.

މީގެ 17 އަހަރު ކުރިން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރި ފަހުން ނައުބެ، 62، ދިރިއުޅެނީ އެ ގައުމުގަ އެވެ. ނައުބެގެ ކުރެހުމެއް މާލެއިން ނުފެންނަ އެއް ސަބަބަކީ އެއީ އެވެ.

އެކަމަކު، މިވަގުތު ނައުބެ މި ހުރީ މާލޭގަ އެވެ. މާލެ އައީ ނައުބެގެ ކުރެހުންތައް ވެސް ހިފައިގެން، ވަރަށް މުހިންމު މަގުސަދެއްގަ އެވެ. އެއީ ނައުޝާދު އާޓް ގެލެރީ އުފެއްދުމެވެ. އަދި ދުނިޔޭގެ ފެންވަރުގެ ތަފާތު ކުލަ އާއި ފިއްސާއި އާޓްގެ އެކި ބޭނުންތަކަށް ބޭނުން ކުރާ ސާމާނު ވިއްކަން އާޓް ޝޮޕް ވެސް ނައުބެ ވަނީ ހުޅުވައިފަ އެވެ.

ދަނބުރު މަގުގައި ހުންނަ މއ. ސިލްވާސީން ގައި ނައުބެ ހުޅުވި އާޓް ގެލެރީން އޭނާގެ ހުރިހާ ކުރެހުމެއް ކަހަލަ ގޮތަކަށް ލިބެން ހުންނާނެ އެވެ. އަދި މި ހިނގާ އޮކްޓޯބަރު 10، ގައި ނައުބެ މާލެ އައިސް ކުރެހި ވަރަށް ރީތި ކާލިގަނޑުމިޔަރަކާއި ދަނޑިއެއް ހިފައިގެން ޓަޔަރެއް ދުއްވަމުންދާ ކުއްޖެއްގެ ކުރެހުމެއް ވެސް އާޓްގެލަރީގެ ޑިސްޕްލޭގައި މިވަގުތު އެބަހުއްޓެވެ.

ކުރެހުންތަކުގެ އިތުރުން އާޓްއާ ގުޅޭ، ނައުބެ ކޮށްފައި ހުރި ބައެއް އިތުރު މަސައްކަތްތައް ވެސް ގެލެރީގެ ޑިސްޕްލޭގައި އެބަހުއްޓެވެ. އޭގެ ތެރޭގައި، ދިވެހި ޑިޒައިންތަކަށް ހަދާފައި ހުރި ސްކާފް، މިޔަރު، ވޮށުފިލާ، ބަޑި އަދި އެހެން ޑިޒައިންތަކުގެ ފަށާއި ފަށުފުލާއި ކަންފަތުލާ މުންޖާއި ޕަޒްލް އާއި ވޯލް ހޭންގަރާއި ދިވެހި ޑިޒައިންތަކުގެ ނޯޓް ފޮތާއި ގަލަން އަދި ގަތާފަޔަކާއި ބޮލެއް ވެސް އެބަ ހުއްޓެވެ.

ނައުބެ އޭނާގެ ދަރިއަކާއެކު އާޓް ގެލެރީގައި: ނައުބެ މާލެ އައިސް ކުރެހި ވަރަށް ރީތި ކުރެހުމެއް ވެސް ގެލެރީގައި ވިއްކަން އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ނައުބެ އޭނާގެ ދަރިއަކާއެކު އާޓް ގެލެރީގައި: ނައުބެ މާލެ އައިސް ކުރެހި ވަރަށް ރީތި ކުރެހުމެއް ވެސް ގެލެރީގައި ވިއްކަން އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ނައުބެ އޭނާގެ ދަރިއަކާއެކު އާޓް ގެލެރީގައި: ނައުބެ މާލެ އައިސް ކުރެހި ވަރަށް ރީތި ކުރެހުމެއް ވެސް ގެލެރީގައި ވިއްކަން އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ތިރީގައި މި ވަނީ އާޓް ގެލެރީގައި ހުރެ ނައުބެ އަދަދު އަށް ދިން އިންޓަވިއުގެ ބައެއް ބައިތަކެވެ.

އަދަދު: އެހާ ދުވަހު ރާއްޖެއިން ބޭރުގައި މަސައްކަތް ކުރުމަށްފަހު މާލޭގައި މަސައްކަތެއް ފެށީ ކީއްވެ؟

ނައުބެ: "މިކޮޅުގައި ތިބި ވަރަށް ގިނަ ސީނިއާ އާޓިސްޓުންނަކީ ނައުބެގެ ނައުޝާޑްސް އެކަޑަމީ އޮފް ފައިން އާޓްސް އިން ކިޔެވި ކުދިން. އެހެންވީމަ އެ ކުދިންނަށް އަދި މިހާރު ކުރިއަރަމުން އަންނަ ކުދިންނަށް ވެސް އިންސްޕިރޭޝަނަކަށްވެފަ އަދި މިކަމުން އާމްދަނީއެއް ވެސް ލިބިފަ އަދި ރިޓަޔަމަންޓް ކަމެއްގެ ގޮތުގައި ވެސް ކުރިއަށް ދެވިފަ، ހިތަށް އެރީ އަނެއްކާ ވެސް އާޓުންނޭ އަންނާނީ."

އަދަދު: ނައުބެގެ ފިހާރާގައި ކޮން ސާމާނެއްތޯ ވިއްކަނީ؟

ނައުބެ: "ކުލަ ވެސް އެއިރުގަ އަޅުގަނޑުމެންނަށް ރީޗެއް ނުވެވޭ ރަނގަޅު، ކޮލިޓީ ކުލައަކަށް. އެހެންވީމަ ހަމަ ރަނގަޅު ކުލަތަކެއް ސޯލް ޑިސްޓްރިބިއުޓަރުކަން ނަގައިގެން މި އައީ. އަގުތައް ވެސް ހަމަ ގާތްގަނޑަކަށް އެއްވަރުވާނެ އެހެން މީހުން، ވިއްކާ އަގުތަކާ ބަލާއިރު."

"ސްކޫލުން ނުކުމެގެން 1981 ހިސާބު ދިމާވި އަޅުގަނޑާ ނޮވެލިސްޓަކާ ޔޫއެސް އިން އައިސް ހުރި މީހަކާ. އޭނައަށް ފައިސާ ފޮނުވީމަ އޭނަ އަޅުގަނޑަށް ޔޫއެސް އިން މި ކުލަ ގެނެސް ދެނީ. އެހެންވީމަ އެ ހިސާބުން ފެށިގެން ވެސް އަޅުގަނޑު މި ކުރަހަނީ ހަމަ ރަނގަޅު ކުލައިން. އެއީ ދެން ނަސީބު ދިމާ ކުރި ގޮތުން."

ހހދހ
ހހދހ

ގެލެރީގައި ބަހައްޓާފައި ހުރި ބައެއް ކުރެހުން ނައުބެ ދައްކާލަނީ: މީގެ 40 އަހަރު ކުރިން ނައުބެ ކުރެހި ބައެއް ކުރެހުންތައް ވެސް ގެލެރީގައި އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އަދަދު: ނައުބެގެ ކުރެހުންތަކުގެ ޕްރިންޓުތައް ވެސް ވަރަށް ރީތި. ކިހިނެއްތޯ އެހާ ރީތިކޮށް ޕްރިންޓު ކުރަނީ؟

ނައުބެ: "މިއީ ވެސް ޕްރިންޓެއް. އޮރިޖިނަލް މީގެ ކައިރީގައި ބަހައްޓާފައި ހުންނައިރު ވަރަށް ވައްތަރުވާނެ. ކުލަ ކެލިބާކޮށްގެން ޕްރިންޓު ކުރަނީ. އަނެއްކާ ކޮލިޓީ މެޓީރިއަލްސް މުޅިން ވެސް މި ބޭނުން ކުރަނީ. މެޓަލް ގަ ވެސް ޕްރިންޓު ހުންނާނެ. އެލްމިނިއަމްގަ. ވަރަށް ލޯންގް ލާސްޓިން ވާނެ މި ޕްރިންޓުތައް."

އަދަދު: ވަރަށް ތަފާތު އެއްޗެހި އެބަހުރި ގެލެރީގައި. ފަށް، ޕަޒްލް ކަހަލަ އެއްޗެހި. މިއީ ކޮން އިރަކު ފެށި މަސައްކަތެއްތޯ؟

"އަޅުގަނޑު ޔޫކޭގައި ހުއްޓާ ކޮވިޑް އައީ. ކޮވިޑުގައި އެތަން ހަމަ އެއްކޮށް ބަންދު ވީ. ދެން އެ ދުވަސްކޮޅު ހިތަށް އެރީ މިކަހަލަ ކްރާފްޓް އެއްޗެހި ހަދަން. ދެން އެކަމަކު ހެދީ ހަމަ މުޅިން ވެސް ދިވެހި ސްޓައިލްގެ އެއްޗެހި."

އަދަދު: ވިއްކަން ހުރި އެއްޗެހީގެ ޕެކޭޖިން ވަރަށް ހާއްސަ ކަމަށް ފެނޭ. ކިހިނެއްތޯ ވިސްނެވީ ޕެކޭޖިން ތައްޔާރު ކުރަން؟

"އަޅުގަނޑު ބޭނުންވީ ޕެކޭޖިން އާ އެއްޗެހި ވަރަށް ރަނގަޅަށް ހަދަން. ޕެކޭޖިން ހެދީ ޖޯން ލުއިސް ބަލައިގެން. އެކަމަކު ދިވެހި ސްޓައިލަކަށް. ހަދިޔާއެއް ދޭ އިރު ވެސް ފޮށީގައި ޕްރެޒެންޓު ކުރެވޭ ވަރަށް."

އަދަދު: މި ސްކާފް ވަރަށް ރީތި. ކޮން ކަހަލަ ވިސްނުމެއްގައިތޯ ސްކާފް ތައްޔާރު ކުރީ؟

"ސްކާފް މި ހެދި ގޮތަކީ، ދިވެހި ކުރެހުންތަކުގެ ރެޕްލިކާ މި ހެދީ. ދެން މި ހިސާބުގަނޑުގައި ވަރަށް ކުދިކުދި މޮޑިފިކޭޝަން ހުންނާނީ. ދިވެސް އަކުރުން ވެސް މޯލްޑިވްސް ޖަހާފައި މި ހުރީ. އެ ވާ ގޮތަކީ ހުރިހާ އެއްޗިއްސަކީ ވެސް އިންޑޮނީޝިއާ، ތައިލެންޑް ތަންތަނުން ގެނެސްފައި ހުރި އެއްޗެހި މި ދެނީ ހަދިޔާއަކަށް ވެސް."

~

ނައުބެގެ ގެލެރީގައި މި ވަގުތު އެންމެ އަގުބޮޑުކޮށް ވިއްކަން ހުރީ މާލެ އައިސް ކުރެހި ކާލިގަނޑުމިޔަރެވެ. އެ ކުރެހުމުގެ އަގަކީ 75،000ރ. އެވެ. އެކަމަކު، އޭގެ ޕްރިންޓެއް ވެސް އެއަށް ވުރެ އަގުހެޔޮކޮށް ލިބެން އެބަ ހުއްޓެވެ.

ގެލެރީގެ އަގުތައް މާބޮޑަށް އަގު ބޮޑު ނޫން ކަން ފާހަގަ ކުރެވެ އެވެ. ނައުބެ ބުނީ އޭގެ ބޭނުމަކީ ގިނަ މީހުންނަށް ތަކެތި ގަނެވޭނެ މަގު ފަހިކޮށްދިނުމެވެ. ނައުބެގެ ފިހާރަ އާޓް ޝޮޕް ގައި ވިއްކަން ހުރި ބައެއް ސާމާނު ވެސް، މާލޭގެ އެހެން ފިހާރަތަކާ އަގު އެއްވަރެވެ. އެކަމަކު، އެހެން ފިހާރަތަކާ ހިލާފަށް ނައުބެ ވިއްކަނީ މުޅިން ވެސް އޮރިޖިނަލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް، އޭނާ ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް ބެލެވޭ ނިކުމަރޯރޯ ރަށަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ދަތުރެއް ފަށައިފިއެވެ. މި މިޝަންގެ މަގްސަދަކީ ސެޓެލައިޓް ފޮޓޯތަކުން ފެނުނު ބައިތަކަކީ އިއާހާޓްގެ ބޯޓުގެ ބައިތައްކަން ކަށަވަރުކޮށް، 20 ވަނަ ގަރުނުގެ އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުމެވެ.

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

Newsletter

Get the latest news delivered straight to your inbox