މުރައިދޫގެ މުވައްޒަފުންގެ ތަފުސީލު ސިއްރުކުރަން ނިންމި ނިންމުން ބަދަލު ކުރަން ކުއްލި ބައްދަލުވުމެއް

241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް. މިއަދުގެ ބައްދަލުވުން ބާއްވާނީ ނިންމާފައި ވަނީ މިއަދު ހަވީރު 4:00 ގައި -- ފޮޓޯ: އަދަދު

241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް. މިއަދުގެ ބައްދަލުވުން ބާއްވާނީ ނިންމާފައި ވަނީ މިއަދު ހަވީރު 4:00 ގައި -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލުތައް ސިއްރުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމި ނިންމުން ބަދަލު ކުރަން ކުއްލި ކޮމިޓީ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އެ ބައްދަލުވުން އޮތީ މިއަދު ހަވީރު 4:00 ގަ އެވެ. އެ ބައްދަލުވުން ތާވަލު ކޮށްފައިވާކަން މަޖިލީހުގެ ބައެއް މެންބަރުން "އަދަދު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

"4:00 ޖަހާއިރަށް ކޮމިޓީއަށް ކިޔާފައި އޮތީ، އެނގިފައި އޮތީ މިއަދު ނިންމި ނިންމުން ބަދަލު ކުރަނީ ކަމަށް،" މި ނޫހާ ވާހަކަދެއްކެވި މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނިންމުން ބަދަލުކުރުމަށް ބޭނުންވާ ވަރަށް ވޯޓު ހަމަކުރުމަށް ރައީސް މުއިއްޒުގެ ފެކްޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މުރައިދޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ހާމަނުކުރަން ނިންމީ މިއަދު ހެނދުނު އޮތް 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ނިންމީ މުރައިދޫ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި މުސާރަ ހިމެނޭހެން ތަފުސީލުތައް ހާމަނުކުރުމަށެވެ.

"އަދަދު" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މައުލޫމާތު ސިއްރުކުރަން ހުށަހެޅި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އޭނާއަކީ މަޖިލިސް ރައީސް އަބްދުއްރަހީމްއާ އެންމެ އަރިސް އެއް މެންބަރެވެ.

މިގޮތަށް ނިންމީ އެ މައުލޫމާތު އާންމުކޮށްފި ނަމަ މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދެކޭތީ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް, ކޮމިޓީގެ އެ ނިންމުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށާއި މަޖިލީހަށް ފާޑު ކިޔަމުންނެވެ.

މުރައިދޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލުތައް ހޯދަން މަޖިލީހަށް ހުށަހަޅާފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ކަމަށް ބެލެވެ އެވެ. މިކަން މައްސަލައެއްގެ ގޮތުގައި ބަލަން ފެށީ އެ ހުށަހެޅުންތަކާ ގުޅިގެން މަޖިލިސް އިދާރާއިން 241 ކޮމިޓީއަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.

މަރާމާތަށް ފަހު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މުރައިދޫއަށް ބަދަލުވެވަޑައިގެންނެވީ ޖުލައި 26، ގަ އެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ މުރައިދޫގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފަ އެވެ.

އެގޮތުން، އެ ގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އަދި ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖެއްސިކަން ނޫސްތަކުގެ ސުރުހީއަށް އެރި އެވެ. ނަމަވެސް މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ލިބޭ މުސާރައިގެ ތަފުސީލެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox