ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ، އެޖެންޑާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ

މަޖިލީހުގެ ރިޔާސަތު: މާދަމާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސް އަހުމަދު ނާޒިމް --- ފޮޓޯ: މަޖިލިސް އިދާރާ

މަޖިލީހުގެ ރިޔާސަތު: މާދަމާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސް އަހުމަދު ނާޒިމް --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު ނިންމައި ނެގި ޗުއްޓީއަށްފަހު ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށަން ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް ބްރޯޑްކާސްޓުކުރާ ރޫމުގެ މަސައްކަތް ނުނިމިގެން ކަމަށް ބުނެ ހަފުތާއަކަށް ޖަލްސާތައް ފަސް ކުރީ އެވެ.

މަޖިލީހުން އާންމުކުރި އެޖެންޑާގައިވާ ގޮތުން، މާދަމާގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވި ބަދަލުތަކާއެކު އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް އެ މައްސަލަ ކޮމިޓީއަށް ފޮނުވުމާމެދު ގޮތެއް ނިންމާނެ އެވެ.

ރާއްޖެއިން އިންޑިއާއަށް ސަފީރަކު ކަނޑައެޅުމުގެ މައްސަލައަކާއި އިލެކްޝަން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލައެއް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމާ ގުޅޭ މައްސަލަތައް ކޮމިޓީއަށް ފޮނުވުމާމެދު ގޮތެއް ނިންމުން ވެސް މާދަން އޮންނާނެ އެވެ.

އޭގެ އިތުރުން، ސަރުކާރުގެ ފަރާތުން މަޖިލީހަށް އަލަށް ހުށަހަޅާ ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުން ވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ފަށާއިރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލެންޑުގެ ޖެނީވާގަ އެވެ. މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox