ޓެނިސް ލެޖެންޑުން ރިޓަޔާކުރުން: ޖޮކޮވިޗަށް ކުރެވޭ އިހުސާސް ތަފާތު

Oct 12, 2024, 6:02 AM
ޓެނިސް ލެޖެންޑުން ރިޓަޔާކުރުން: ޖޮކޮވިޗަށް ކުރެވޭ އިހުސާސް ތަފާތު

ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 12) - އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ ޓެނިހުގެ އެންމެ އާދަޔާހިލާފު ތިން ކުޅުންތެރިއަކު މިދިޔަ އަހަރުތަކުގައި ރިޓަޔާކޮށްފައިވާއިރު، މި ވަގުތު އޭނާ އަށް ކުރެވެނީ ތަފާތު އިހުސާސެއް ކަމަށް ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

ޓެނިހުގެ މަޝްހޫރު "ބިގް ފޯ" ގެ ތެރެއިން ރިޓަޔާނުކޮށް ހުރީ މިހާރު ޖޮކޮވިޗް، 37، އެކަންޏެވެ. އެ ގޮތުން، 2022 ވަނަ އަހަރު، ލެޖެންޑަރީ ތަރި، ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ރިޓަޔާކުރިއިރު، މި އަހަރުގެ އޮގަސްޓް މަހުގައި، ސްކޮޓްލެންޑްގެ އެންޑީ މަރީ ވަނީ ކުޅުން ހުއްޓާލައިފަ އެވެ. އަދި މީގެ އެއް ދުވަސް ކުރިން، ސްޕެއިނުގެ ރަފައެލް ނަޑާލް ވަނީ ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.

"ނަޑާލްއާ އެކު އޮތް ވާދަވެރިކަމަކީ އަހަރެންގެ ކެރިއަރަށް އެންމެ ރަނގަޅު އަސަރުތަކެއް ކުރި އެއް ކަމަކީ. ދެން، އަހަރެމެންނަށް އެނގޭ މި ދުވަސް (ނަޑާލް ވެސް ރިޓަޔާކުރާނެ ދުވަސް) އަންނާނެކަން. އެކަމަކު، އެކަން އެނގުނަސް މި ހަބަރަކީ ޝޮކެއް،" ޝަންހާއީ މާސްޓާސްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި މެޗަށް ފަހު ޖޮކޮވިޗް ބުންޏެވެ.

"މީގެ އަހަރުތަކެއް ކުރިން، ރޮޖާ (ފެޑެރާ) އިއުލާނުކުރީ ރިޓަޔާމަންޓް، މި އަހަރު އޮގަސްޓްގައި އެންޑީ (މަރީ) މިހާރު ރަފާ (ނަޑާލް)، ހަގީގަތުގައި މުޅިން އެހެން އިހުސާސެއް މި ކުރެވެނީ، އަހަންނަށް ވާދަކުރެވޭތީ ހިތްހަމަޖެހޭ. އެކަމަކު، އެ މީހުންނާ އެކު (ރިޓަޔާކުރި ލެޖެންޑުންނާ އެކު) އަހަރެންގެ ބައެއް ވެސް ގޮސްފި،"

ޓެނިހުގެ 24 ގްރޭންޑް ސްލޭމް ތަށި ހޯދައި ރެކޯޑެއް ގާއިމްކޮށްފައިވާ ޖޮކޮވިޗް ވަނީ މި ފަހަރުގެ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދައި، އޭނާ ކެރިއަރުގައި މަދުވާ ބޮޑު ކާމިޔާބީ ހާސިލްކޮށްފަ އެވެ.

ޝަންހާއީ މާސްޓާސް ތަށި ހާސިލްކޮށް، ކެރިއަރުގައި 100 އޭޓީޕީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އަމާޒުގައި ހުރި ޖޮކޮވިޗް ބުނީ، އަރަމުން އަންނަ ޖީލުގެ ކުޅުންތެރިންނާ ވާދަކުރަން އޭނާ ހުރިއިރު، ހަށިގަނޑު ތަން ދިން މިންވަރަކުން ކެރިއަރު ކުރިއަށްގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox